logo

ވޯޓަކީ އެމީހެއްގެ އަދުލުވެރިކަމާއި ގާބިލްކަމުގެ މައްޗަށް ދެވޭ ހެކިބަހެއް: އީސީގެ ރައީސް

އައިޝަތު ހިދާޔާ

25 އޯގަސްޓު 2026 - 06:31
ވޯޓަކީ އެމީހެއްގެ އަދުލުވެރިކަމާއި ގާބިލްކަމުގެ މައްޗަށް ދެވޭ ހެކިބަހެއް: އީސީގެ ރައީސް

SHARE

ކޮންމެ ވޯޓަކީ ވެސް އެމީހެއްގެ އަދުލުވެރިކަމާއި ގާބިލްކަމުގެ މައްޗަށް ދެވޭ ހެކިބަހެއް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް މުހައްމަދު ޝަކީލް މިއަދު ވިދާޅުވެއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ވޯޓުލާ މީހުންގެ ދުވަސް ފާހަގަކުރުމަށް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ޝަކީލް ވިދާޅުވީ, ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށްވާހިނދު އިސްލާމް ދީނުގެ އުސޫލަތުން ބަލާނަމަ ވެސް ވޯޓަކީ އަމާނާތެއް ކަމަށެވެ.

"އެއީ އެމީހެއްގެ އަދުލުވެރިކަމާއި ގާބިލްކަމުގެ މައްޗަށް ދެވޭ ހެކިބަހެއް," ޝަކީލް ވިދާޅުވިއެވެ.

View post on Twitter

އެހެންކަމުން މި އަމާނާތް އަދާކުރާއިރު ހިތްތަކުގައި اللهއަށް ބިރުވެރިވެ. ތެދުވެރިކަމާއި އިހުލާސްތެރިކަން އަބަދުމެ ބާއްވަން ޖެހޭނެކަމަށް މި މެސެޖުގައި ވެއެވެ. އަދި ކޮންމެ ވޯޓަކީ ވެސް ގައުމީ ތަރައްގީއަށާއި ގާނޫނީ ހަމަހަމަކަމަށާއި ދައުލަތުގެ މުއައްސަސާތަކުގެ ހަމަޖެހުމަށް ސީދާ ގޮތުން ވެސް އަދި ނުސީދާ ގޮތުން ވެސް އަސަރު ފޯރާނެ ނިންމުމެއް ކަމަށް މި މެސެޖުގައި ވެއެވެ.

ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 25ވަނަ ދުވަހަކީ ދިވެހިރާއްޖޭގައި ވޯޓުލާ މީހުންގެ ދުވަހެވެ. މި ދުވަސް މިގޮތަށް ފާހަގަކުރުމަށް ކޮމިޝަނުން ނިންމާފައިވަނީ 2015ވަނަ އަހަރު ހއ. ހޯރަފުށީގައި ބޭއްވި "ޑިމޮކްރަސީ ހަފްތާ" ގެ ތެރެއިންނެވެ.

އީސީން ބުނިގޮތުގައި މި ދުވަސް ފާހަގަ ކުރުމުގެ އެންމެ ބޮޑު މަގްސަދަކީ، ޑިމޮކްރަސީއެއްގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމާއި ވޯޓުލާ މީހުންގެ ހައްގުތަކާއި އިންތިހާބީ ނިޒާމަށް މިހާރަށްވުރެ ބޮޑަށް އިތުބާރު އުފެއްދުމާއި ރައްޔިތުންނަށް ވޯޓުލުމުގެ މުހިންމުކަން އަންގައިދީ އިންތިހާބުތަކާއި ޑިމޮކްރަސީއާ ގުޅޭ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށެވެ.

ވޯޓުލާ މީހުންގެ ދުވަހުގެ މިއައަހަރުގެ ޝިޢާރަކީ، "ވޯޓަކީ ޙައްޤެއް އަދި ޒިންމާއެއް!"، މި ޝިޢާރެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d