logo

އިލެކްޝަންސް ކޮމިޝަނުން އެމްޑީޕީއާއެކު މުހިންމު މަޝްވަރާތަކެއް ބާއްވައިފި

ފާތިމަތު މިޝްކާ

14 ޖުލައި 2026 - 17:27
އިލެކްޝަންސް ކޮމިޝަނުން އެމްޑީޕީއާއެކު މުހިންމު މަޝްވަރާތަކެއް ބާއްވައިފި

SHARE

ސިޔާސީ ޕާޓީތަކާއި އިލެކްޝަންސް ކޮމިޝަނާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށް ފަށާފައިވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއާއެކު ބައްދަލުވުމެއް ބާއްވައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މި ބައްދަލުވުމަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ސިޔާސީ ޕާޓީތަކާއެކު ގުޅުން ބަދަހިކުރުމަށް އިލެކްޝަންސް ކޮމިޝަނުން ފަށާފައިވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ބޭއްވުނު ބައްދަލުވުމެކެވެ. އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި މިފަދަ ބައްދަލުވުންތައް ބޭއްވުމުގެ މައިގަނޑު ބޭނުމަކީ ސިޔާސީ ޕާޓީތަކަށް ދިމާވާ ދަތިތައް އޮޅުންފިލުވުމާއި، ކޮމިޝަނާއި ޕާޓީތަކާ ދެމެދު އޮންނަ މުއާމަލާތްތައް މިހާރަށްވުރެ ހަރުދަނާކުރުމެވެ.

އިލެކްޝަންސް ކޮމިޝަނުގެ އިދާރާގައި މިއަދު ދުވަހު ކުރިއަށްދިޔަ މި ބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން އެންމެ އިސްކޮށް ބައިވެރިވެވަޑައިގެންނެވީ އެ ޕާޓީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއީލާއި، ޕާޓީގެ ރައީސް އަބްދުﷲ ޝާހިދެވެ. މީގެ އިތުރުން ޕާޓީގެ އިސް ބޭފުޅުންނާއި ޤާނޫނީ ޓީމުގެ މެންބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި އެމްޑީޕީން ވަނީ އިލެކްޝަންސް ކޮމިޝަނާމެދު ރައްޔިތުންގެ މެދުގައި އޮންނަ އިތުބާރު ގެއްލުވާނުލައި، އެ އިތުބާރު ދެމެހެއްޓޭނެ ފަދަ ގޮތަކަށް އަމަލުތައް ބެހެއްޓުމަށް ބާރުއަޅާފައެވެ.

ވަކިން ހާއްސަކޮށް އިންތިޚާބީ ކަންކަމާއި ސިޔާސީ ޕާޓީތަކާ ގުޅޭ ނިންމުންތައް ނިންމުމުގައި ދެފުށް ފެންނަ، އިންސާފުވެރި އުސޫލުތަކެއް ގެންގުޅުމުގެ މުހިންމުކަން އެމްޑީޕީން ފާހަގަކުރިއެވެ. ސިޔާސީ ޕާޓީއެއްގެ ހައިސިއްޔަތުން އެމްޑީޕީއަށް ކުރިމަތިވަމުންދާ އެކި ކަންބޮޑުވުންތައް އެ ޕާޓީން ވަނީ ކޮމިޝަނުގެ މެންބަރުންނާ ހިއްސާކޮށްފައެވެ. ކޮމިޝަނުން ވަނީ ޕާޓީތަކުން ހުށަހަޅާ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދީފައެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d