logo
World Cup 2026

މާލެ އާއި ވިލިމާލޭގެ މަގުތައް ތަރައްގީ ކުރުމުގެ ސާވޭ ކުރިއަށްދާ ގޮތް މިނިސްޓަރު ބައްލަވާލައްވައިފި

ސައިފުﷲ އަލީ

30 ޖޫން 2026 - 08:33
މާލެ އާއި ވިލިމާލޭގެ މަގުތައް ތަރައްގީ ކުރުމުގެ ސާވޭ ކުރިއަށްދާ ގޮތް މިނިސްޓަރު ބައްލަވާލައްވައިފި

މާލެ އާއި ވިލިމާލޭގެ މަގުތައް ތަރައްގީ ކުރުމަށް ބޭނުންވާ ސާވޭ ކުރިއަށްދާ ގޮތް މިނިސްޓަރު ބައްލަވާލެއްވުމުގެ ތެރެއިން / ފޮޓޯ: ހައުސިން މިނިސްޓްރީ

SHARE

މާލެ އާއި ވިލިމާލޭގެ މަގުތައް ހެދުމަށް ޑިޒައިން ތައްޔާރުކުރުމުގެ ކުރިން ހަދަން ޖެހޭ ސާވޭގެ މަސައްކަތްތައް ކުރިއަށްދާ ގޮތް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އާބަން ޑިވޮލޮޕްމެންޓް ޑރ. ޢަބްދުﷲ މުއްޠަލިބް ބައްލަވާލައްވައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވައިލެއްވުމަށް މިނިސްޓަރ، އާޓިފިޝަލް ބީޗު ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި، މިނިސްޓަރުގެ އަރިހުގައި ޗައިނާ އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ހިޒް އެކްސެލެންސީ ކޮންގް ޝިއަންހުއާ ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ސަރަހައްދުގައި ހަރަކާތްތެރިވާ ސާވޭ ޓީމުގެ ބޭފުޅުން ވަނީ މަސައްކަތްތަކުގެ އިތުރުން މަގު ޑިޒައިން ކުރުމާ ގުޅޭ ގޮތުން ކުރެވެމުންދާ މަސައްކަތްތަކުގެ މައުލޫމާތު، މިނިސްޓަރ އަދި ސަފީރާ ހިއްސާކުރައްވާފައެވެ.

undefinedމާލެ އާއި ވިލިމާލޭގެ މަގުތައް ތަރައްގީ ކުރުމަށް ބޭނުންވާ ސާވޭ ކުރިއަށްދާ ގޮތް މިނިސްޓަރު ބައްލަވާލެއްވުމުގެ ތެރެއިން / ފޮޓޯ: ހައުސިން މިނިސްޓްރީ

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، މަގުތަކުގެ ޑީޓެއިލް ޑިޒައިން މަސައްކަތުގެ ތެރޭގައި ފެންބޮޑުވުމުގެ މައްސަލައަށް ޙައްލު ހޯދުމުގެ އިތުރުން ދެން ހުރި މައްސަލަތަކަށް ގެނެވޭނެ ހައްލުތައްވެސް ބަލައި ދިރާސާ ކުރާނެ ކަމަށެވެ.

މާލެ އާއި ވިލިމާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫއު އަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ކުރިއަށްގެންދާ މަޝްރޫއުއެކެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d