
ފިރުޒުލް ވަނީ މީގެ ކުރިން ރައީސް އޮފީހުގެ ތަރުޖަމާނުކަން ވެސް ކުރައްވާފައި
SHARE
މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޑެޓްގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް އަލްއުސްތާޛް މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް އައްޔަންކުރައްވައިފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޒައިޝޭން ބޯޑުން ވަނީ ހައްޖު ކޯޕަރޭޝަންގެ ބޯޑު މެމްބަރުކަމަށާއި މެނޭޖިން ޑިރެކްޓަރުކަމަށް ފިރުޒުލް އައްޔަންކުރައްވާފައިވާކަން ހާމަކުރައްވާފަ އެވެ.
ފިރުޒުލް މިހާތަނަށް ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަ ސެކެޓްރީ ފޯ ޕަބްލިކް ޕޮލިސީގެ މަގާމުގައެވެ. އަދި މި އަހަރުގެ މެއި މަހުގެ ތެރޭގައި ޕީއެންސީގެ ތަރުޖަމާނަކަށް ވެސް ފިރުޒުލް ހަމަޖައްސާފައިވެ އެވެ.
ފިރުޒުލް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ އިންތިގާލީ މަރުހަލާގައި ތަރުޖަމާނެއްގެ ގޮތުން ހަރަކާތްތެރިވެވަޑައިގެންފަ އެވެ. މި ވެރިކަމުގައި ރައީސް އޮފީހުގެ ތަރުޖަމާނެއްގެ ގޮތުގައި ވެސް ފިރުޒުލް މަސައްކަތް ކުރެއްވި އެވެ.

.jpg&w=3840&q=75)
