logo

ހައްޖު ކޯޕަރޭޝަނާއެކު އުމްރާއަށް ދާ ބޭފުޅުންނަށް އެންމެ ކައިރި މަރުކަޒަކުން ހިލޭ ވެކްސިން ޖެހޭނެ

ފާތިމަތު މިޝްކާ

7 އޮކްޓޯބަރު 2026 - 08:37
ހައްޖު ކޯޕަރޭޝަނާއެކު އުމްރާއަށް ދާ ބޭފުޅުންނަށް އެންމެ ކައިރި މަރުކަޒަކުން ހިލޭ ވެކްސިން ޖެހޭނެ

SHARE

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި ޢުމްރާއަށް ވަޑައިގަންނަވާ ހުރިހާ ޢުމްރާވެރިންނަށް، އެ މީހަކާ އެންމެ ކައިރި ޞިއްޙީ މަރުކަޒަކުން އިތުރު އަގަކާ ނުލައި، ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އެއްވެސް އަގަކާ ނުލައި ވެކްސިން ޖެހުމުގެ އިންތިޒާމު މީގެކުރިން ހަމަޖެހިފައިއޮތީ މާލެ ސިޓީގައި އެކަންޏެވެ. އެހެންނަމަވެސް މި ސަރުކާރުން ޙައްޖުވެރިންނަށް ދެއްވި ޔަޤީންކަމާ އެއްގޮތަށް، ޙައްޖު ކޯޕަރޭޝަނުން މިހާރު ވަނީ އަންނަ ނޮވެމްބަރު ޢުމްރާއިން ފެށިގެން، މާލެ ސިޓީގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށުންވެސް، އިތުރު އަގަކާނުލައި ވެކްސިން ޖެހޭނެ މަގު ފަހިކޮށްދީފައެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ މާލެ ސިޓީގައި ދިރިއުޅުއްވާ ފަރާތްތަކަށް ވެކްސިން ޖެހުމަށް ހަމަޖެހިފައިވަނީ މާފަންނު އަރބަން ޕްރައިމަރީ ހެލްތު ސެންޓަރުގައި ކަމަށެވެ. އަދި މާލެ ސިޓީ ފިޔަވައި އަތޮޅުތެރޭގެ ރަށްރަށުން ވެކްސިން ޖައްސަވަން ބޭނުންފުޅުވާ ފަރާތްތަކުން އެ ފަރާތެއް ހުންނެވި ސަރަހައްދަކާ އެންމެ ކައިރިން ވެކްސިން ލިބެންހުރި މަރުކަޒަކުން ވެކްސިން ޖެހުމުގެ އިންތިޒާމު މިހާރު ހަމަޖެހިފައި ވާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ.

އެ ކޯޕަރޭޝަނުން ބުނީ ޙައްޖު ކޯޕަރޭޝަންގެ ފަހެލި ޕޯޓަލުން "ވެކްސިން ޖެހުމަށް އެދޭ ލިޔުން" ނެގުމަށްފަހު އެންމެ ކައިރީގައިވާ ޞިއްޙީ މަރުކަޒަކަށް ނުވަތަ ހޮސްޕިޓަލަކަށް ވަޑައިގަތުމުން އިތުރު އަގަކާ ނުލައި ވެކްސިން ޖެހުމުގެ އިންތިޒާމު މިއަދުން ފެށިގެން ހަމަޖެހިފައިވާނެ ކަމަށެވެ.

މި ލިޔުން ބޭނުންކުރައްވައިގެން، ސްޓޭޓްފާމާގެ ބޭސްފިހާރަތަކުން، އިތުރު އަގަކާނުލައި އިންފްލުއެންޒާ ވެކްސިންވެސް ގަނެވޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ.

ޙައްޖާއި ޢުމްރާއަށް ވަޑައިގަންނަވާ ފަރާތްތަކުން ޖަހަންޖެހޭ ވެކްސިންތަކުގެ ތެރޭގައި ހިމެނެނީ އިންފްލުއެންޒާ، މެނިންޖައިޓިސް އަދި ޕޯލިއޯ ވެކްސިނެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d