logo

އެސްޓީއޯ ބޭސްފިހާރަތައް"ސްޓޭޓް ފާމާ"ގެ ދަށަށް ރަސްމީކޮށް ބަދަލުކޮށްފި

އައިޝަތު ހިދާޔާ

1 ޖުލައި 2026 - 08:25
އެސްޓީއޯ ބޭސްފިހާރަތައް"ސްޓޭޓް ފާމާ"ގެ ދަށަށް ރަސްމީކޮށް ބަދަލުކޮށްފި

SHARE

ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަަން (އެސްޓީއޯ)ގެ ދަށުން ހިންގި ބޭސް ފިހާރަތައް ސަރުކާރުގެ ބޭސް ކުންފުނި ސްޓޭޓް ފާމާގެ ދަށަށް ރަސްމީކޮށް މިއަދު ބަދަލުކޮށްފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ, މި ބަދަލުތައް ތަންފީޒުކުރަމުންދާއިރު އާންމުންނަށް ލިބިދާނެ އެންމެހާ ދަތިތަކަސް މާފަށްއެދޭކަމަށެވެ. އަދި މި ކުންފުނީގެ ހޮޓްލައިން 1505 މެދުވެރިކޮށް 24ގަޑިއިރު ޚިދުމަތް ދޭނެކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

ސްޓޭތް ފާމާ ކުންފުނީގެ މައިގަނޑު މަގުސަދަކީ މުޅި ރާއްޖޭގައި ބޭހުގެ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދީ, މި ޚިދުމަތް އިތުރަށް ހަރުދަނާކޮށް ފެންވަރު ރަނގަޅުކުުރމުގައި ސާބިތުކަމާއެކު ދެމިތިބުން ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

"މި ކުންފުނީގެ އެންމެ އިސް މަގުސަދަކީ "ކޮންމެ ރަށަކަށް, ކޮންމެ ރައްޔިތަކަށް" ފެންވަރު ރަނގަޅު ފުރިހަމަ ޚިދުމަތެއް ދިނުމުގައި ދެމިތިބުން," އެ ކުންފުނިން ބުންޞެވެ.

ސްޓޭޓް ފާމާގެ ނަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކުންފުންޏެއް އުފެއްދެވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު ނުވަވަނަ ދުވަހުއެވެ.

މިއީ ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ދިވެހިރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކޮށް، އެތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތް ކުރުމުގެ މަގުސަދުގައި އުފައްދަވައިފައިވާ ކުންފުންޏެކެވެ. މި ކުންފުންޏާއެކު ބޭހުގެ މައްސަލައަށް ރަނގަޅު ހައްލެއް ލިބޭނެކަމަށް ރައީސް މީގެކުރިން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d