logo
World Cup 2026

ހުޅުމާލެ އެޕާޓްމަންޓެއްގައި އަލިފާނުގެ ހާދިސާއެއް, ދެ ކުދިންނާއި ތިން މީހަކަށް ފަރުވާދެނީ

އައިޝަތު ހިދާޔާ

2 ޖުލައި 2026 - 05:31
ހުޅުމާލެ އެޕާޓްމަންޓެއްގައި އަލިފާނުގެ ހާދިސާއެއް, ދެ ކުދިންނާއި ތިން މީހަކަށް ފަރުވާދެނީ

SHARE

ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ އެޕާޓްމަންޓެއްގައި ރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އެމްއެންޑީއެފުން ބުނީ, އަލިފާނުގެ ހާދިސާ ހިނގީ 110ވަނަ ފުލެޓައި ރޭ ދަންވަރު 01:10 ހާއިރު ކަމަށެވެ. މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ހުޅުމާލެ ފަޔާ ސްޓޭޝަނަށް ލިބުމާ އެކު، އެ ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފެށިކަމަށް އެމްއެންޑީއެފުން ބުންޏެވެ. މި މަސައްކަތުން އަލިފާް ނިއްވިފައި ވަނީ 01:23 ހާއިރުއެވެ.

އެމްއެންޑީއެފުން ބުނީ, މި ހާދިސާގައި އަލިފާނުގެ ސަބަބުން އެކި ވަރުގެ އަސަރުކޮށްގެން ދެ ކުޑަކުދިންނާއި ތިން މީހަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފައި ވާކަމަށެވެ.

މި މީހުންނަށް ލިބުނު އަނިޔާއާ ގުޅޭ މާބޮޑު ތަފުސީލެއް އެ އިދާރާއިން ހާމަކޮށްފަެއއް ނުވެއެވެ.

މި ހާދިސާ ހިނގާން މެދުވެރިވިކަމަށް ބެލެވޭ ސަބަބެއް ވެސް އެމްއެންޑީއެފުން ހާމަކޮށްފައެއް އަދި ނުވެއެވެ. ނަމަވެސް, އެމްއެންޑީއެފުން ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެންނަގޮތުގައި އަލިފާނުގެ ހާދިސާ ހިނގި އެޕާޓްމަންޓާއި އެތާ ހުރި ތަކެތި ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދައިފައެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d