logo
World Cup 2026

އިޖުރާއަތްތައް ފުރިހަމަ ނުކޮށް ޝުޖާއު މަގާމުން ވަކިކުރީ އެމްޑީޕީ މެމްބަރަކަށް ވީތީ: ޝާހިދު

އައިޝަތު ހިދާޔާ

4 ޖުލައި 2026 - 07:56
އިޖުރާއަތްތައް ފުރިހަމަ ނުކޮށް ޝުޖާއު މަގާމުން ވަކިކުރީ އެމްޑީޕީ މެމްބަރަކަށް ވީތީ: ޝާހިދު

އެމްޑީޕީގެ ރައީސް އަބްދުުﷲ ޝާހިދު ---

SHARE

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ މަގާމުން ވަކިވެފައި ވާކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ކަނޑައެޅީ އެއްވެސް އިޖުރާއަތެއް ފުރިހަމަ ނުކޮށް ކަމަށާއި މިއީ ސިޔާސީ ނިންމުމެއް ކަމަށް އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ޝުޖާއު ކައުންސިލްގެ ރައީސްކަމަށް އިންތިޚާބުވީ ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައެވެ. ނަމަވެސް އެ ޕާޓީގައި 3000 މެމްބަރުން ހަމަ ނުވާތީ މިދިޔަ މަހު ވަނީ އެ ޕާޓީ އުވައިލާފައެވެ.

ކައުންސިލް ދައުރު ފެށުންފަހުން ޕާޓީ ބަދަލުކުރިކަމަށް ބުނެ ޝުޖާއުގެ މަގާމު ގެއްލިފައިވާކަމަށް އެލްޖީއޭއިން ކަނޑައެޅީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މިކަމާ ގުޅިގެން އެލްޖީއޭއިން ނެރުނު ބަޔާނެއްގައި ވަނީ,ޝުޖާއު އިންތިޚާބުވެފައިވާ ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވިކަން އިލެކްޝަންސް ކޮމިޝަނުން އެ އޮތޯރިޓީއަށް އަންގާފައި ވަނީ މިއަހަރުގެ މޭމަހުގެ 19ވަނަ ދުވަހު ކަމަށެވެ.

ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ކައުންސިލަށް ވާދަކޮށް އިންތިޚާބުވުމަށްފަހު އެ ދައުރުގެ ތެރޭގައި ޕާޓީ ބަދަލުކޮށްފިނަމަ ކައުންސިލް މެމްބަރުކަމުގެ މަގާމުން ވަކިވާނެކަން, އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާކަން ފާހަގަކޮށް އެލްޖީއޭއިން ބުނީ, ޝުޖާއު މަގާމުން ވަކިވެފައިވާކަމަށް ކަނޑައަޅައިފައި ވާކަމަށެވެ. މި ނިންމުން ނިންމީ އޮތޯރިޓީގެ ބޯޑުން ކަމަށް ވެސް އެލްޖީއޭއިން ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން މިއަދު ޝާހިދު ކުރެއްވި ޕޯސްޓެއްގައި ވަނީ, އިންތިޚާބީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ގޮނޑި ގެއްލިއްޖެތޯ ނުވަތަ ނޫންތޯ ކަނޑައަޅަން އިޖުރާއަތްތަކެއް ކަނޑައަޅާފައި ވާކަމަށެވެ. ޝުޖާއު މަގާމުން ވަކިކޮށްފައި ވަނީ އެއްވެސް އިޖުރާއަތެއް ފުރިހަމަ ނުކޮށް ކަމަށް ޝާހިދު ވަނީ ލިޔުއްވާފައެވެ.

"އެކަންކަން ފުރިހަމަ ނުކޮށް, ރައްޔިތުންގެ ނިންމުމުގައި ކޮޅުފައިން ޖަހައި އެމްޑީޕީ މެމްބަރަކަށް ވީތީ ސިޔާސީ ކުލަ ޖެހިފައިވާ ފިޔަވަޅު އެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން," އެ ޕޯސްޓުގައި ވެއެވެ.

ޝާހިދު ވަނީ އެލްޖީއޭއިން މި ނިންމިނިންމުން އަނބުރާ ގެންދަން ގޮވައިލައްވާފައެވެ.

ޑިމޮކްރެޓްސް ޕާޓީ އުވާލުމުގެ ކުޑަ ދުވަސްކުރި އެ ޕާޓީގެ ގިނަ މެމްބަރުންތަކެއް ވަނީ އެމްޑީޕީއާ ގުޅިފައެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d