logo
World Cup 2026

ލަންކާގެ ޖަލެއްގައި ހިނގި ހަމަނުޖެހުމެއްގައި ގައިދީންނާއި އޮފިސަރުން ހިމެނޭހެން 20 މީހަކު މަރުވެއްޖެ

ފާތިމަތު މިޝްކާ

6 ޖުލައި 2026 - 11:34
ލަންކާގެ ޖަލެއްގައި ހިނގި ހަމަނުޖެހުމެއްގައި ގައިދީންނާއި އޮފިސަރުން ހިމެނޭހެން 20 މީހަކު މަރުވެއްޖެ

ހަމަނުޖެހުން ހިނގި ޖަލު ސަރަހައްދު

SHARE

ސްރީލަންކާގެ ޖަލެއްގައި ހިނގި ހަމަނުޖެހުންތަކުގައި 10 މީހުން މަރުވެ 100އަށްވުރެ ގިނަ މީހުން ޒަހަމްވެއްޖެ އެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އަލްޖަޒީރާއިން ރިޕޯޓުކުރި ގޮތުގައި މި ހަމަނުޖެހުން ހިނގާފައިވަނީ ލަންކާގެ ވެރިރަށް ކޮލޮމްބޯއާ 35 ކިލޯމީޓަރު ދުރުން ނެގޮމްބޯގަ އެވެ. އާދިއްތަ ދުވަހު ފެށި މި ހަމަނުޖެހުން ހޯމަ ދުވަހާ ހަމައަށް ކުރިއަށް ދިޔަ އެވެ.

ހޮސްޕިޓަލާއި ހަވާލާދީ އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވާގޮތުގައި 16 ގައިދީންނާއި 4 ޖަލު އޮފިސަރުން މި ހަމަނުޖެހުންތަކުގައި މަރުވެފައިވެ އެވެ.

މަރުވި މީހުންގެ އަދަދު އެއަށްވުރެ އިތުރުވެދާނެކަމަށް ލަފާކޮށްފައިވެ އެވެ. އަނިޔާ ލިބުނު ގައިދީންނާއި އޮފިސަރުންނަށް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.

ހަމަނުޖެހުން ފެށުމަށް މެދުވެރިވި ސަބަބު އަދި ސާފުވެފައި ނުވާ ކަމަށް އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވެ އެވެ.

ބައެއް ވީޑިޔޯ ފުޓޭޖުތަކުން ފެންނަގޮތުގައި ޖަލުގެ ގޭޓު ބޭރުގައި ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވާ މަންޒަރު ފެނެ އެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d