logo
World Cup 2026

ނަސްލު ނައްތާލުމާ ދެކޮޅަށް އދ އިން މަޝްވަރާ ބައްދަލުވުމެއް، ހެޔޮ ބަދަލެއް އަންނާނެކަމަށް ނުބެލެވޭ

މިންހާ އަބްދުالله

7 ޖުލައި 2026 - 07:25
ނަސްލު ނައްތާލުމާ ދެކޮޅަށް އދ އިން މަޝްވަރާ ބައްދަލުވުމެއް، ހެޔޮ ބަދަލެއް އަންނާނެކަމަށް ނުބެލެވޭ

ދުނިޔޭގެ އެތައް ހިސާބެއްގައި ނަސްލު ނައްތާލުމުގެ އަމަލުތައް އަންނަނީ ހިންގަމުން

SHARE

ނަސްލު ނައްތާލުން ނުވަތަ "ޖެނޮސައިޑް"އާ ދެކޮޅަށް ޔުނައިޓެޑް ނޭޝަންސް (އދ)އިން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި އެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އދ އިން މިފަދަ ބައްދަލުވުމެއް މި ބޭއްވީ މިހާރުވެސް ދުނިޔޭގެ އެކި ހިސާބުތަކުގައި ނަސްލު ނައްތާލުމަށް ބައެއް ގައުމުތަކަށް ހަމަލާ ދެމުން އަންނަ ދުވަސްވަރެއްގަ އެވެ. އެގޮތުން އިޒްރޭލުން ފަލަސްތީނުގައި ހިންގަމުން އަންނަ ގަތުލުއާންމުގެ އިތުރުން ސޫދާން، ކޮންގޯ އަދި ރޮހިންޏާގެ މުސްލިމުންނަށް އަމާޒުކޮށްދެމުން އަންނަ ހަމަލާތައް ފާހަގަކޮށްލެވެ އެވެ.

"ޖެނޮސައިޑް"ގެ ގޮތުގައި ނަން ދެވިފައި ނުވި ނަމަވެސް ދުނިޔޭގެ އެތައް ހިސާބެއްގައި ހަމަލާތައް ބަދަލުކުރުމުގެ ސަބަބުން ގިނަ ބަޔަކު ހާލުގައި ޖެހިފައިވެ އެވެ. މީގެ ތެރޭގައި ޔަމަން އަދި ސީރިޔާ ފަދަ ގައުމުތައް ހިމެނެ އެވެ. މި ގައުމުތަކުގައި ހިނގާ ހަނގުރާމަތަކަކީ ދާހިލީ ހަނގުރާމަތަކެއްގެ ގޮތުގައި ސިފަ ކުރެ އެވެ.

ހޯމަ ދުވަހު އަދ ގެ ހެޑްކުއާޓާޒްގައި ބޭއްވި މި ބައްދަލުވުމުން އެދެވޭ ހެޔޮ ބަދަލުތަކެއް އައިސްފާނެކަމަށް ގަބޫލު ނުކުރެވޭކަމަށް މިފަދަ ހަނގުރާމަތައް ދިރާސާކުރާ ފަރާތްތަކާއި ހަވާލާދީ ބޭރުގެ މީޑިޔާތަކުގައި ރިޕޯޓުކޮށްފައިވެ އެވެ. އޭގެ ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ފާއިތުވި އަހަރުތަކުގެ ތެރޭގައި މިފަދަ އަނިޔާވެރި އަމަލުތައް ހުއްޓުވުމަށް ބައިނަލްއަގްވާމީ ޖަމިއްޔާތަކުން އެދެވޭ މިންވަރަކަށް މަސައްކަތް ކޮށްފައި ނުވާތީ އެވެ.

މި ބައްދަލުވުމުގައި ނަސްލު ނައްތާލުމާއި، އެކި ކަހަލަ ހަނގުރާމަތަކާއި އިންސާނިޔާތާ ހިލާފު އަމަލުތައް ހުއްޓުވުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވެ އެވެ.

އދ އިން ނަސްލު ނައްތާލުމަކީ ކުށެއްގެ ގޮތުގައި ކަނޑައެޅީ 1946 ވަނަ އަހަރު އެވެ. އދ ގެ ޖެނީވާ ކޮންވެންޝަންއިން "ޖެނޮސައިޑް" މާނަކުރަނީ ގައުމެއް، ނަސްލެއް، ދީނެއް ނުވަތަ ވަކި ސަގާފަތަކަށް ނިސްބަތްވާ ބަޔަކު އެއްކޮށް ނުވަތަ މީގެ ތެރެއިން ވަކި ބަޔަކު ނަމަވެސް ނައްތާލުމަށް ދޭ ހަމަލާތަކަށެވެ. މީގެ ތެރޭގައި ޖިސްމާނީ އަދި ނަފްސާނީގޮތުން ދޭ އަނިޔާތައް ހިމެނެ އެވެ. އަދި އެބައެއްގެ ތެރޭގައި ދަރިން ވިހެއުން ހުއްޓުވުން ނުވަތަ މަދުކުރުވުމަށް ކުރާ ކަންކަމާއި ގަދަ ބާރުން ކުޑަކުދިން އެހެން ހިސާބުތަކަށް ގެންދިޔުން ނުވަތަ ބަދަލުކުރުން ހިމެނެ އެވެ.

ދުނިޔޭގައި މިވަގުތު ހިންގަމުންދާ ނަސްލު ނައްތާލުމުގެ އަނިޔާވެރި އަމަލުތައް ހުއްޓުވުމަށް އދ ނުކުޅެދިފައިވާކަމަށް ގިނަ ބަޔަކު ފާހަގަކޮށް އެކަމަށް އދ އަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވެ އެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d