ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމެންޓަލް ޕީޑިއެޓްރިކް ޑރ. ފަޒްނާ ނިޔާވެއްޖެ
އައިޝަތު ހިދާޔާ

SHARE
ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމެންޓަލް ޕީޑިއެޓްރިކް ނުވަތަ ކުޑަކުދިން ހެދިބޮޑުވުގެ މައްސަލަތަކަށް ޚާއްސަ ޑޮކްޓަރު, ޑރ. އާމިނަތު ފަޒްނާ މިއަދު ނިޔާވެއްޖެއެވެ.

މައުލުމާތު ލިބިފައިވާ ގޮތުގައި އުމުރުން 47 އަހަރުގެ ފަޒްނާ ނިޔާވީ އައިޖީއެމްއެޗްގައި ފަރުވާހޯދަވަމުން ގެންދަވަނިކޮށެވެ. ނަމަވެސް އޭނާ ނިޔާވި ސީދާ ސަބަބު ސާފެއް ނުވެއެވެ.
މި ދާއިރާއިން ތައުލީމު ހާސިލްކުރެއްވުމަށްފަހު ފަޒްނާ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓް (އައިޖީއެމްއެޗާ) ގުޅިވަޑައިގަތެވެ. ފަޒްނާ ވަނީ ކުދަކުދިންނާ ގުޅޭ ގިނަ ބަލިތަކެއް ދެނެގަތުމުގެ މަސައްކަތް ކުރައްވާފައެވެ.
އެގޮތުން, އޯޓިޒަމްއާއި އޭޑީއެޗްޑީ އަދި ބިހޭވިއާ ޑިސްއޯޑާ ފަދަ ކަންކަން ދެނެގަތުމުގައި އޭނާ މަސައްކަތް ކުރެއްވިއެވެ. އައިޖީއެމްއެޗްގައި މަސައްކަތް ކުރެއްވި ދުވަސްތަކުގައި ފަޒްނާ ވަނީ ކުޑަކުދިން ވާހަކަ ދެއްކުމުގައި ހުންނަ ލަސްތައް ފާހަގަކުރައްވާ އެކަމާ ގުޅިގެން ވާހަކަ ދައްކަވާފައެވެ.
އޭނާގެ ކަށުނަމާދު އޮންނާނީ މިރޭ އިޝާނަމާދަށް ފަހު އާސަހަރާ މިސްކިތުގައެވެ.


