logo

ލަންކާގެ ފުރަތަމަ އޮޓޮމޭޓެޑް ރޮޓަރީ ޕާކިން ސިސްޓަމް، ރާއްޖެއަށްވެސް މިފަދަ ޕާކިން ސިސްޓަމްއެއް މުހިންމު!

ފާތިމަތު މިޝްކާ

13 ޖުލައި 2026 - 10:32
ލަންކާގެ ފުރަތަމަ އޮޓޮމޭޓެޑް ރޮޓަރީ ޕާކިން ސިސްޓަމް، ރާއްޖެއަށްވެސް މިފަދަ ޕާކިން ސިސްޓަމްއެއް މުހިންމު!

ލަންކާގައި ގާއިމްކުރި ރޮޓަރީ ޕާކިން ސިސްޓަމް

SHARE

ސްރީލަންކާގައި އެ ގައުމުގެ ފުރަތަމަ އޮޓޮމޭޓެޑް ރޮޓަރީ ޕާކިން ސިސްޓަމް ގާއިމްކޮށްފި އެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މި ސިސްޓަމް ގާއިމްކޮށްފައިވަނީ ލަންކާގެ އިންޑަސްޓްރިއަލް ސޮލިޔުޝަން ޕްރޮވައިޑަރުންގެ ތެރެއިން ފާހަގަކޮށްލެވޭ ކުންފުންޏެއް ކަމަށްވާ ހޭލީސް އެވެންޗުރާ ޕްރައިވެޓް ލިމިޓެޑްއިންނެވެ.

މި މަޝްރޫޢަކީ، ހޭލީސް އެވެންޗުރާއިން ކުރިއަށްގެންދާ ޒަމާނީ ޕާކިން ޓެކްނޮލޮޖީގެ މަސައްކަތްތަކަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.

މީގެ ކުރިން ބަންޑާރަވެލާގައި 40 ކާރުގެ 'އޮޓޮމޭޓެޑް ޕިޓް-ޕަޒްލް' ޕާކިންގް ނިޒާމަކާއި، ކޮލޮމްބޯ 03 ގައި 45 'ޓޫ-ޕޯސްޓް ސްޓެކް' ޕާކިން ޔުނިޓެއް ވެސް ގާއިމްކޮށްފައިވެ އެވެ.

ހޭލީސް އެވެންޗުރާގެ ޑިރެކްޓަރ ޑރ. ވަސަބަ ޖަޔަސޭކަރަ ވިދާޅުވީ، ސްރީލަންކާގެ ފުރަތަމަ އައުޓްޑޯ 'އޮޓޮމޭޓެޑް ރޮޓަރީ ޕާކިން' ނިޒާމު ގާއިމްކުރުމަކީ އެ ގައުމުގެ އުމްރާނީ ތަރައްގީގެ ދަތުރުގައި ލިބުނު މުހިންމު ކުރިއެރުމެއް ކަމަށެވެ. ސިޓީތައް ބޮޑުވެ، ބިން މަދުވަމުންދާ މިފަދަ ދަނޑިވަޅެއްގައި، އޮޓޮމޭޓެޑް ރޮޓަރީ ޕާކިން ފަދަ އީޖާދީ އިންޖިނިއަރިން ހައްލުތަކަކީ، ވިޔަފާރިތަކާއި އިމާރާތް ކުރާ ފަރާތްތަކަށް ލިބޭ ބިމުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ލިބޭ އިތުރު ބާރެއް ކަމަށް ވެސް ވިދާޅުވި އެވެ. އަދި މިއީ ރައްކާތެރިކަމާއި ފަސޭހަކަން އިތުރުކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަން ވެސް ފާހަގަކުރެއްވި އެވެ.

އޮޓޮމޭޓެޑް ރޮޓަރީ ޕާކިން ނިޒާމު މަސައްކަތް ކުރަނީ ވަރަށް "އެފިޝެންޓް"ކޮށް ނުވަތަ އަވަސް، ރަނގަޅު ނަތީޖާއެއް ނެރެދޭ އުސޫލަކުން ކަމަށް އެ ކުންފުންޏާ ހަވާލާދީ މީޑިޔާތަކުން ރިޕޯޓުކޮށްފައިވެ އެވެ.

އެގޮތުން ޑްރައިވަރުން އެމީހުންގެ އުޅަނދު ޚާއްޞަ ޕްލެޓްފޯމެއްގައި ބެހެއްޓުމުން، ޕާކިން ސިސްޓަމް އަމިއްލައަށް އެނބުރި، ދެން ހުސްކޮށް އިންނަ ޖާގަ ބިމާ ހަމައަށް ތިރިކޮށްދޭ ކަމަށް ކުންފުނިން މައލޫމާތު ދެ އެވެ. އަދި އުޅަނދު ޕާކުކުރުމަށްފަހު، ޕާކިން ސިސްޓަމްގެ ތެރޭގައި އުޅަނދު އޮންނާނީ ރައްކާތެރިކަމާއެކުގައި ކަމުގެ ޔަގީންކަން އެ ކުންފުނިން ދެ އެވެ. އަދި އުޅަނދު ނެރެވޭނީ ހުއްދަ އޮންނަ ފަރާތްތަކަށް އެކަނި ކަމުން، އުޅަނދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެގެން ދާނެކަމަށް އެ ކުންފުނިން ބުނެ އެވެ.

ރާއްޖޭގައި ވެސް މިފަދަ ސިސްޓަމެއްގެ މަސައްކަތް މީގެ އަހަރުތަކެއް ކުރުމަށް ދަގަނޑުތައް ވެސް ގެނެސްފައިވެ އެވެ. އެހެންނަމަވެސް މަސައްކަތް ކުރިއަށް ނުގެންގޮސް ދަގަނޑުތައް ބާވެފައިވާއިރު އަދިވެސް އެއިން ބައެއް ދަގަނޑުތައް ހުޅުމާލޭގެ އެކި ސަހަރައްދުތަކުން ފެންނަން ހުރެ އެވެ.

މިފަދަ ސިސްޓަމަކީ މާލެ ސިޓީ ފަދަ އުޅަނދު ޕާކު ކުރުމަށް ދަތި ސަރަހައްދުތަކަށް އެތައް ލުއި ފަސޭހައެއް ފޯރުކޮށްދޭނެ ފަދަ ސިސްޓަމެކެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d