އައިސް ޕްލާންޓްތައް ހިންގަން މިދިޔަ ސަރުކާރުން ފެނަކައާ ހަވާލުކުރުން ވީ "މުސީބާތަކަށް": ޝިޔާމް
އައިޝަތު ހިދާޔާ

މިނިސްޓަރު ޝިޔާމް މަޖިލީހުގައި ވާހަކަ ދައްކަވަނީ -- ފޮޓޯ/ ރައްޔިތުންގެ މަޖިލިސް
SHARE
ރަށްރަށުގައި ހުރި އައިސްޕްލާންޓްތަކުގެ ހިންގުން މިދިޔަ ސަރުކާރުން ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރުންވީ "މުސީބާތަކަށް" ކަމަށް ފިޝަރީސް މިނިސްޓަރު އަހްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވީއިރު އައިސް ލިބުމަށް ހުރި ގޮންޖެހުންތައް ވަރަށް ބޮޑުކަމަށެވެ. މީގެކުރިން އައިސްޕްލާންޓް ބެލެހެއްޓުމުގެ ކަންކަން ކުރަނީ ސަރުކާރު މަސް ކުންފުނި މިފްކޯއިންކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ, އައިސްޕްލާންޓުގެ ޓެކްނިކަލް ކަންކަން ވެސް އެނގެނީ އެ ކުންފުނީގެ ޓެކްނިކަލް މުވައްޒަފުންނަށް ކަމަށެވެ.
"އޭރު އަޅުގަނޑު ހަނދާންވާގޮތުގައި 22 އައިސްޕްލާންޓެއް މިފްކޯއިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮޕަރޭޓްކުރަމުން ދިޔަ. ނަމަވެސް, ފެނަކައަށް އައިސްޕްލާންޓުތައް ބަދަލުކުރެވިގެން ދިޔަދިއުންވީ ހަގީގަތުގައި ވެސް ވަރަށް ބޮޑު މުސީބާތަކަށް," ޝިޔާމް ވިދާޅުވިއެވެ.
މިިދިޔަ ސަރުކާރުގެ ވެރިކަން ނިމުނުއިރު, އޮޕަރޭޝަންގައި ހުރީ މަދު އައިސްޕްލާންޓެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.
"އެއީ އެއާކުޅެން ނޭންގޭ ބަޔަކަ އެ ހަވާލުކުރީމައި ވީގޮތެއް," އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އައިސް ނުލިބުމަކީ މަސްވެރިންނަށް ކުރިމަތިވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށެވެ. މި ގޮންޖެހުން ހައްލުކުރުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މިހާރު ރާއްޖޭގައި 74 އައިސްޕްލާންޓް އޮޕަރޭޓްކުރަމުން އަންނަ ކަމަށާއި މީގެތެރެއިން 27 އައިސްޕްލާންޓް އޮޕަރޭޓްކުރަނީ މިފްކޯއިން ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރު ވިދާޅުވީ ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި އިތުރަށް ބިނާކޮށްފައި ވަނީ އެންމެ ތިން އައިސްޕްލާންޓު ކަމަށެވެ. މި ސަރުކާރުން މިހާރު ވެސް ފަސް އައިސްޕްލާންޓް ގާއިމްކޮށްފައި ވާކަމަށާއި ގާތްގަނޑަކަށް އައިސްޕްލާންޓްގެ ކެޕޭސިޓީއަށް 225 ޓަނު އިތުރުކުރެވިފައި ވާކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން މަސްވެރި ސިނާއަތުގެ މައްސަލަތަކަށް ޖުމުލަ ހައްލެއް ގެނައުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރަމުން އަންނަކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ގުޅުންހުރި

މަސްވެރިން އައިސްޕްލާންޓް ބޭނުންކުރާވަރު ދުވަހެއްދުވަހަކަށް ވަނީ މަދު, އެކަކަމު އައިސްޕްލާންޓް އެޅުން ހުއްޓާލެވޭކަށް ނެތް: ޝިޔާމް

އައިސް ޕްލާންޓްތައް ހިންގަން މިދިޔަ ސަރުކާރުން ފެނަކައާ ހަވާލުކުރުން ވީ "މުސީބާތަކަށް": ޝިޔާމް


