އައްޑޫގައި ޑްރަގުގެ ހިދުމަތްދޭތީ ބަންދުކުރި ގެއަކަށް ވަން ދެމީހުން ހައްޔަރުކޮށްފި
އައިޝަތު ހިދާޔާ

SHARE
އައްޑޫ ސިޓީގައި ޑްރަގުގެ ޚިދުމަތް ދޭތީ ބަންދުކުރި ގެއަކަށް ވަން ދެ މީހުން ފުލުހުން ބަންދުކޮށްފިއެވެ.

ފުލުހުން ބުނީ, އެމީހުން ވަނީ 90 ދުވަހަށް ބަންދުކޮށްފައި ހުރި ސ. މަރަދޫފޭދޫ / އުއްމީދުގެއަށް ކަމަށެވެ. ފުލުހުން ބުނީ އެ ދެމީހުން ހައްޔަރުކުރީ މަސްތުވާތަކެއްޗާ އެކި ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ސ.މަރަދޫފޭދޫ / އުއްމީދީވިލާ، އަޙްމަދު ޝަރަތު އާއި އުމުރުން 37 އަހަރުގެ ސ.މަރަދޫފޭދޫ / ފަރިވިލާ، ޢާއިޝަތު ސަލީމްއެވެ. މި ޖުލައި މަހުގެ 13ވަނަ ދުވަހު ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަނަރަ ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުންނެރުނު އަމުރާ ގުޅިގެން އުއްމީދުގެ ބަންދުކޮށްފައިވަނީ ޖޫން 15 ވަނަ ދުވަހުއެވެ.
ކޯޓު އަމުރުގެ ދަށުން މިގޮތަށް ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ ހެދުމަކީ ކުށެކެވެ. މިފަދަ ތަންތަނަށް ހުއްދައާ ނުލައި ވަންނަ ފަރާތްތަކާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާމެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އެޅޭނެ ކަމަށް ފުލުހުން ބުންޏެވެ.
މީގެ ކުރިން ވެސް ފުލުހުން ވަނީ އައްޑޫގައި މަސްތުވާތަކެތީގެ ޚިދުމަތް ދޭ ގެއެއް ބަންދުކޮށްފައެވެ.



