logo

ބައިނަލްއަގުވާމީ ފެންވަރަށް އިސްލާމީ ތައުލީމު އުނގަންނައިދޭ ސްކޫލްގެ މަސައްކަތް ފަށައިފި

ފާތިމަތު މިޝްކާ

16 ޖުލައި 2026 - 05:35
ބައިނަލްއަގުވާމީ ފެންވަރަށް އިސްލާމީ ތައުލީމު އުނގަންނައިދޭ ސްކޫލްގެ މަސައްކަތް ފަށައިފި

ސްކޫލްގެ ކުރެހުން

SHARE

މަދީނާ އިންވެސްޓްމަންޓުން ތަރައްޤީކުރާ އިންޓަނޭޝަނަލް ފެންވަރުގެ އަރަބި އިސްލާމީ ސްކޫލްގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް 15 މިލިއަން ރުފިޔާއަށް އާރުސީސީއާ ޙަވާލުކޮށްފައިވާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މިއީ ހުޅުމާލެ ރެހެންދީ ސްކޫލާ ޖެހިގެން ހުރި ބިމުގައި އިމާރާތް ކުރާ ސްކޫލެކެވެ. އާރްސީސީން މިހާރު ވަނީ އިމާރާތްކުރަން ފެށުމަށްޓަކައި ޝީޓްޕައިލިންގެ މަސައްކަތް ފަށާފައެވެ.

މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތަކަށް ބޭނުންވާ 15 މިލިއަން ރުފިޔާގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ފައިސާ ރާއްޖެއިން ބޭރުން ލިބިފައިވާކަމަށް މަދީނާ އިންވެސްޓްމަންޓުން މަޢުލޫމާތުދެއެވެ. އަދި މަސައްކަތް ކުރިއަށްދާ މިންވަރަކުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކުން އިތުރު އެހީތެރިކަން ލިބޭނެކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މޭ 2023 ގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާއެކު އެއްބަސްވުމުގައި ސޮއިކުރިއިރުވެސް، މި ޕްރޮޖެކްޓަށް އެހީތެރިކަން ލިބޭނެކަމުގެ ލިޔުންތައް ހުށަހަޅާފައިވާނެކަން ކުންފުނިން ފާހަގަކުރެއެވެ. މަޝްރޫޢު ނިންމުމަށް އެކަށީގެންވާ ވަރަށް އެހީ ނުލިބިއްޖެނަމަ، ބޭންކް އިކުއިޓީއަށް ބޭނުންވާ 30 އިންސައްތަ ނިންމުމަށްފަހު ލޯނެއް ނެގުމަށް ނުވަތަ އިސްލާމީ އުޞޫލުން ޞުކޫކެއް އިޝޫކުރުމަށް ވަނީ އަމާޒުހިފާފައެވެ. މިގޮތުން ބޭންކު ލޯނަކަށް ނުވަތަ ޞުކޫކަކަށް ދިއުމާމެދު ގޮތެއް ނިންމާނީ ފުރަތަމަ ފިޔަވަހި ނިމުމުން، ބޭރުގެ އެހީ ލިބޭ މިންވަރަށް ބެލުމަށްފަހުގައެވެ. މިކަމާ ގުޅިގެން ރާއްޖޭގެ އެކިއެކި ބޭންކުތަކާއެކު މަޝްވަރާކުރަމުންދާއިރު، ޞުކޫކުގެ ސްޓްރަކްޗާ ޑޮކިއުމަންޓްތައް ތައްޔާރުކުރުމުގެ މަސައްކަތްވެސް ގާތްގަނޑަކަށް ނިމިފައިވާކަމަށް ބަޔާނުގައިވެއެވެ.

undefinedސްކޫލްގެ ކުރެހުން

މި ސްކޫލް ތަރައްޤީކޮށް ނިންމައި ފުރަތަމަ ފަށާނީ ޕްރީސްކޫލް ދަރިވަރުންނަށް ކިޔަވައިދިނުމަށެވެ. އޭގެ ފަހުން ގްރޭޑް 1 އިން 10 އަށް، އަދި މަތީ ތަޢުލީމުވެސް އުނގަންނައިދެވޭ ފެންވަރަށް ސްކޫލް ފުޅާކުރުމަށް ވަނީ ނިންމާފައެވެ. ބައިނަލްއަޤްވާމީ ފެންވަރަށް އަރަބި އިސްލާމީ ތަޢުލީމު ފޯރުކޮށްދިނުމަށް އަމާޒުކޮށްފައިވާ މި ސްކޫލުން، ފޯރުންތެރިކަން ކުޑަ ކުދިންނަށާއި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ހިލޭ ކިޔެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. މީގެ އިތުރުން ސްކޫލް ބިމާ އިންވެގެން އަޅަމުންދާ މިސްކިތުގެ މަސައްކަތް މާލާ ކޮންސްޓްރަކްޝަނުން ކުރިއަށްގެންދާއިރު، މިކަމަށް ފައިނޭންސްކުރައްވަނީ މަރްޙޫމް ޝައިޚް އިސްމާޢީލް މުޙައްމަދާއި އެމަނިކުފާނުގެ ޢާއިލާއިންނެވެ. މި މިސްކިތްވެސް ވަރަށް އަވަހަށް ހުޅުވިގެންދާނެކަމަށް ކުންފުނިން މަޢުލޫމާތުދެއެވެ.

undefinedސްކޫލްގެ ކުރެހުން

އަލް މަދީނާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑަކީ އިސްލާމީ ފުރިހަމަ ތަޢުލީމެއް ދަރިވަރުންނަށް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި އުފައްދާފައިވާ ކުންފުންޏެކެވެ. މި ކުންފުނީގެ ހިއްސާދާރުންގެ ތެރޭގައި ހިމެނެނީ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ ދަރިކަލުން ޢަބްދުﷲ މާހިލް ޝަހީމާއި، އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޢަލީ އަޙްސަންގެ އިތުރުން އިސްލާމީ މަރުކަޒުގެ އިސް އިމާމު އައްޝައިޚް މުޙައްމަދު ލަޠީފެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d