logo

މުދައްރިސުންނަށް ހައްގު ޝަރަފު ދިނުމަށް މިހާރަށްވުރެ ބޮޑަށް އެއްބާރުލުން ދިނުމަށް މިނިސްޓަރުގެ އިލްތިމާސެއް

އައިޝަތު ހިދާޔާ

5 އޮކްޓޯބަރު 2026 - 10:31
މުދައްރިސުންނަށް ހައްގު ޝަރަފު ދިނުމަށް މިހާރަށްވުރެ ބޮޑަށް އެއްބާރުލުން ދިނުމަށް މިނިސްޓަރުގެ އިލްތިމާސެއް

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު

SHARE

މުދައްރިސުންނަށް ދޭންވާ ހައްގު ޝަރަފު ދިނުމަށް މިހާރަށްވުރެ ބޮޑަށް އެއްބާރުލުން ދިނުމަށް ބެލެނިވެރިންގެ ކިބައިން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު އެދިވަޑައިގެންފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މުދައްރިސުންގެ ދުވަހުގެ ހާއްސަ ހިތޯބުގައި މިނިސްޓަރު ވިދާޅުވީ, މުދައްރިސްކަމުގެ ފަންނު ހިމާޔަތް ކުރުމަށާއި އެ ފަންނުގެ ގަދަރު ހިފެހެއްޓުމަށް މުދައްރިސުންނާއެކު ސާބިތުވެ ތިބުމަށް މިއަދު އެންމެން އަޒުމް ކަނޑައަޅަން ޖެހޭކަމަށެެ. އަދި އެ އަޒުމްގެ މަތީގައި ތިބެ ސްކޫލުތަކުގައި ދޭ ތައުލީމާއި ތަރުބިއްޔަތު އިތުރަށް ހަރުދަނާ ކުރުމުގެ އަޒުމް އާކުރަން މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިނިސްޓރަު ވިދާޅުވީ, އިލްމީ ފަންނުވެރި ޖީލަށް ބިނާކުރުމަށް މުދައްރިސުން އަދާކުރާ މަތިވެރި ގުރުބާނީގެ އަގު ވަޒަންކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

އެހެންކަމުން މުޖުތަމައުގައި މުދައްރިސުންނަށް ދޭންޖެހޭ ގަދަރާއި އިހުތިރާމް މަތިކޮށް މުދައްރިސްކަމުގެ ދާއިރާ ކުރި އެރުވުމަށްޓަކައި ރަމި ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއްކުރަމުން ގެންދާކަމަށް މުނިސްޓަރު ވިދާޅުވިއެވެ.

"އެގޮތުން މުދައްރިސުންނަށް ބޭނުންވާ ޒަމާނީ އަދި ފަންނީ ތަމްރީނުތައް ފޯރުކޮށްދީ މުދައްރިސުންނާއި ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަމަށްޓަކައި ސްކޫލުތަކުގެ މާހައުލަކީ ރައްކާތެރި އުފާވެރި ތަނަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައި," މިނިސްޓަރު ވިދާޅުވިއެވެ.

މި މަސައްކަތްތައް އިތުރު ހަރުފަތްތަކަކަށް ގެންދިއުމަށް މިނިސްޓްރީން ދެމި ހުންނާނެކަމުގެ ޔަގީންކަން މިނިސްޓްރު ވަނީ ދެއްވާފައެވެ.

މުދައްރިސުންނަކީ ދަރިވަރުންގެ ދެވަނަ ބެލެނިވެރިންކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ދަރިވަރުންނާއި ބެލެނިވެރިންގެ ހިތުގެ ހާއްސަ ޝަރަފަކާއި ގަދަރެއް ދެވިފައިވާ ބަޔަކަސް މުދައްރިސުން ހަދަން އެދޭކަމަށެވެ.

މީގެއިތުރުން, މުދައްރިސުންގެ އަޒުމަކަށް ވާންވާނީ ހުރިހާ ދަރިވަރުން ޝާމިލްކޮށްގެން ދަރިވަރުންގެ ހިތްތަކުގައި އުނގެނުމަށް ލޯބި ޖައްސައި, ދިރިއުޅުމަށް ތައްޔާރުވެފައިވާ ޒިންމާދާރު އަހްލާގު ރަނގަޅު ދަރިވަރުންތަކެއް ބިނާކުރުމަށް މަސައްކަތް ކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d