logo

ފުރަތަމަ ޓާމުގެ ކިޔެވުން ނިމި, ދަރިވަރުންގެ ޗުއްޓީ ފެށިއްޖެ

އައިޝަތު ހިދާޔާ

16 ޖުލައި 2026 - 06:46
ފުރަތަމަ ޓާމުގެ ކިޔެވުން ނިމި, ދަރިވަރުންގެ ޗުއްޓީ ފެށިއްޖެ

އަހްމަދިއްޔާ ސްކޫލުގެ ދަރިވަރުންތަކެއް

SHARE

މިހާރު ހިނގަމުންދާ ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިމި, ދަރިވަރުންގެ ޗުއްޓި ފެށިއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މިއަދު ވަނީ މި ޓާމުގެ ރިޕޯޓު ފޮތްތައް ދަރިވަރުންނަށް ދޫކޮށްފައެވެ. ދަރިވަރުންނަށް ޗުއްޓިގެ ގޮތުގައި ލިބޭނީ ދެ ހަފުތާގެ ބަންދެކެވެ. ޗުއްޓިއަށްފަހު ކިޔެވުން ފެށޭނީ އަންނަ މަހުގެ ދެވަނަ ދުވަހުއެވެ.

ދެވަނަ ޓާމުގެ ކިޔެވުން ކުރިއަށް ދާނީ އޮގަސްޓް ދެވަނަ ދުވަހުން ފެށިގެން ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހާ ހަމައަށެވެ. ދަރިވަރުންގެ ބޮޑު ޗުއްޓީ ފެށޭނީ ޑިސެމްބަރު 18ވަނަ ދުވަހުން ފެށިގެންނެވެ.

މިއަހަރު އެޑިއުކޭޝަން މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި ސަރުކާރުގެ 217 ސްކޫލުގައި 81,000އަށްވުރެ ގިނަ ދަރިވަރުން ދަނީ ތައުލީމު ހާސިލްކުރަމުންނެވެ. މި ދަރިވަރުންނަށް ތައުލީމު ދިނުމުގައި 9000އަށްވުރެ ގިނަ މުދައްރިސުން ހަރަކާތްތެރިވަމުން ދެއެވެ.

އެކަޑަމިކް ކަލަންޑަރުން ދައްކާގޮތުގައި އަންނަ އަހަރުގެ ދިރާސީ އައު އަހަރު ފެށޭނީ ޖަނަވަރީ 17ވަނަ ދުވަހުއެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d