logo

"ސަސްޓެއިނެބަލް" މުޖުތަމައަކަށް، އިންޑިޔާގައި ހައިޑްރޮޖެންގެ ބާރުގައި ދުއްވާ ފުރަތަމަ ރޭލު

ފާތިމަތު މިޝްކާ

18 ޖުލައި 2026 - 10:10
"ސަސްޓެއިނެބަލް" މުޖުތަމައަކަށް، އިންޑިޔާގައި ހައިޑްރޮޖެންގެ ބާރުގައި ދުއްވާ ފުރަތަމަ ރޭލު

SHARE

ހައިޑްރޮޖެންގެ ބާރުގައި ދުއްވާ ފުރަތަމަ ރޭލު އިންޑިޔާގައި ތައާރަފްކޮށްފި އެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މިއީ ސާފު ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް ކުރަމުންދާ މަސައްކަތަށް އިންޑިޔާއިން އިތުރުކުރި ބޮޅެއްކަމަށް އެ ގައުމުގެ މީޑިޔާތަކުން ރިޕޯޓު ކުރެ އެވެ.

މި ރޭލުގެ ފުރަތަމަ ދަތުރުކުރުމުގެ ކުރިން މި ރޭލުގެ ދަތުރުތައް ފެށުން އިފްތިތާހުކޮށްދެއްވީ އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އެވެ. މިއީ ދެމެހެއްޓެނިވި ނުވަތަ "ސަސްޓެއިނަބަލް" މުޖުތަމައަކަށް އިންޑިޔާއިން ކުރަމުން އަންނަ މަސައްކަތުގެ ހެއްކެކެވެ.

އިންޑިޔާގެ އިތުރުން ވިހަ ގޭސް ޖައްވަށް ދޫނުކުރާ ވައްތަރުގެ ރޭލު ދުއްވަމުން ދަނީ ވަރަށް މަދު ގައުމުތަކުންނެވެ.

މޯދީގެ ފުރަތަމަ ނަމާއި ފަހު ނަމުގެ ކުރުކޮށް ހިމެނޭ ގޮތަށް “ނަމޯ ގްރީން ރޭލް” ގެ ނަމުން ނަންދީފައިވާ މި ރޭލުން ކޮންމެ ދުވަހަކު ދެ ދަތުރު ކުރާނެ އެވެ. އެއީ ހަރިޔާނާ ސްޓޭޓްގެ ޖިންދު އާއި ސޮނިޕަތު ސިޓީ ގުޅުވާލާ 90 ކިލޯމީޓަރުގެ ރޫޓެއްގަ އެވެ. 10 ކޯޗުގެ މި ރޭލުގައި ގާތްގަނޑަކަށް 2،600 ފަސިންޖަރުންނަށް އިށީދެވޭއިރު، ގަޑިއަކު 75 ކިލޯމީޓަރުގެ ބާރުމިނުގައި ދަތުރުކުރެވޭނެ އެވެ.

އިންޑިއާގައި ޑިޒައިންކޮށް، އިންޖިނިއަރިންގެ މަސައްކަތްކޮށް އަދި ތައްޔާރުކޮށްފައިވާ މި ނާމޯ ދުއްވާއިރު އުފައްދަނީ ޑީސަލްގެ ބަދަލުގައި ހަމައެކަނި ހޫނާއި ފެން ފެނުގެ ދުން ނުވަތަ "ވޯޓަރ ވޭޕާ" އެވެ. އެހެންކަމުން މިއީ ތިމާވެއްޓާއި ރައްޓެހި މާއްދާތައް ބޭރުކުރާނެ ރޭލެކެވެ.

ހައިޑްރޯޖަން އިން ދުއްވާ ރޭލުތައް ހިންގާ އެހެން ގައުމުތަކުގެ ތެރޭގައި 2022 ވަނަ އަހަރު ދުނިޔޭގެ ފުރަތަމަ ހައިޑްރޯޖަން އިން ދުއްވާ ފްލީޓް ތައާރަފްކުރި ޖަޕާނާއި ޗައިނާ، އެމެރިކާ އަދި ޖަރުމަނު ހިމެނެ އެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d