logo

އިންޑިޔާގައި އޮންނަ ބިޒްނަސް އެކްސްޕޯގައި ދިވެހި ވިޔަފާރިވެރިންނަށް ބައިވެރިވުމުގެ ފުރުސަތު

ފާތިމަތު މިޝްކާ

21 ޖުލައި 2026 - 08:23
އިންޑިޔާގައި އޮންނަ ބިޒްނަސް އެކްސްޕޯގައި ދިވެހި ވިޔަފާރިވެރިންނަށް ބައިވެރިވުމުގެ ފުރުސަތު

މޯލްޑިވްސް އެކްސްޕޯ 2025ގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

SHARE

ގްލޯބަލް އިންޑިޔާ ބިޒްނަސް ފޯރަމުގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ ބިޒްނަސް އެކްސްޕޯ އަދި ކޮންކްލޭވްގައި ދިވެހިރާއްޖޭގެ ވިޔަފާރި ކުންފުނިތައް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އެގޮތުން އިންޑިޔާގެ ހައިދަރުއާބާދުގައި މި އަހަރުގެ ޖުލައި 31 އިން އޯގަސްޓް 1 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ހަތަރު ވަނަ އެޑިޝަންގެ އިންޑިޔާ - އޭޝިޔާ ބިޒްނަސް ކޮންކްލޭވް 2026 އަދި އިކޯ ސަސްޓެއިން އެކްސްޕޯ 2026 ގައި ދިވެހިރާއްޖޭގެ ވިޔަފާރި ކުންފުނިތައް ބައިވެރިވުމަށް އިންޑިޔާއިން ދައުވަތު ދީފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީއިން ބުނެ އެވެ.

އެ މިނިސްޓްރީއިން ބުނީ އިންޑިޔާ- އޭޝިޔާ ބިޒްނަސް ކޮންކްލޭވް ފާހަގަ ކުރެވިފައިވަނީ މި ސަރަހައްދުގައި ބޭއްވޭ ބައިނަލްއަގުވާމީ ވިޔަފާރިތައް އެއްތަނަކުން ގުޅުވާލަދޭ އެއް ޕްލެޓްފޯމުގެ ގޮތުގައި ކަމަށެވެ. މި މައުރަޒުގައި އިންޑިޔާގެ 500 އަށް ވުރެ ގިނަ ވިޔަފާރި ކުންފުނިތަކާއި، ބައިނަލްއަގުވާމީ ވިޔަފާރި ވަފުދުތަކާއި، ސިޔާސަތު ހައްދަވާ ފަރާތްތަކާއި، ސަރުކާރުތަކުގެ ބައިވެރިންނާއި، ޑިޕްލޮމެޓުންނާއި، ސިނާއީ ޖަމާއަތްތަކާއި އަދި އޭޝިޔާ ސަރަހައްދުން 20 ގައުމަށްވުރެ ގިނަ ގައުމުތަކުގެ ވިޔަފާރިވެރިން އެއްތަނަކުން ބައްދަލުވުމުގެ ފުރުސަތު ތަނަވަސްވެގެން ދާނެ ކަމަށް މިނިސްޓްރީއިން ބުނެ އެވެ.

undefinedމޯލްޑިވްސް އެކްސްޕޯ 2025ގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

މި ކޮންކްލޭވްގައި ބައިވެރިވާ ފަރާތްތަކަށް ވިޔަފާރި ނެޓްވޯކިން ފުރުސަތުތަކާއި، ވިޔަފާރިއާއި އިންވެސްޓްމަންޓް އަދި ޖޮއިންޓް ވެންޗަރ ފުރުޞަތުތަކާއި، ސެކްޓަރ ބޭސްޑް ސެޝަންތަކާއި ޕެނަލް ޑިސްކަޝަންތަކުގައި ބައިވެރިވުމާއި، އިންޑިޔާގެ މެނިފެކްޗަރުން، އެކްސްޕޯޓަރުން، އިމްޕޯޓަރުން، ޓެކްނޮލޮޖީ ފޯރުކޮށްދޭ ފަރާތްތަކާއި އަދި އިންވެސްޓަރުންނާއި ބައްދަލުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މީގެ އިތުރުން ވިޔަފާރިތަކުން އުފައްދާ ތަކެއްޗާއި އަދި ފޯރުކޮށްދޭ ޚިދުމަތްތަކާއި އިންވެސްމަންޓްގެ ފުރުސަތުތައް ބައިނަލްއަގުވާމީ ފަރާތްތަކާއި ހިއްސާކޮށް ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

ހަމައެއާއެކު އިންފްރާސްޓްރަކްޗަރ، ޓޫރިޒަމް، ހޮސްޕިޓާލިޓީ، ރިނިއުއަބަލް އެނާޖީ، ފުޑް ޕްރޮސެސިންގ، ހެލްތްކެއަރ، އެޑިއުކޭޝަން، ޓެކްނޮލޮޖީ، މެނުފެކްޗަރިންގ، ލޮޖިސްޓިކްސް، ސަސްޓެއިނަބަލް ޑިވެލޮޕްމަންޓާއި ގުޅޭ ދާއިރާތަކުގެ މެދުގައި ސްޓްރެޓެޖިކް ޕާޓްނަރޝިޕްތައް ބިނާކުރުމުގެ ފުރުސަތުތައްވެސް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d