logo

މީރާގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އަމީޒާ އައްޔަންކުރައްވައިފި

ފާތިމަތު މިޝްކާ

19 ޖުލައި 2026 - 07:35
މީރާގެ  ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އަމީޒާ އައްޔަންކުރައްވައިފި

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަންކުރެއްވި ފާތިމަތު އަމީޒާ / ފޮޓޯ: މަޖިލިސް

SHARE

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ގދ.ގައްދޫ، ކޯޒީރައުންޑް، ފާތިމަތު އަމީޒާ އައްޔަން ކުރައްވައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މީރާގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އަމީޒާ އައްޔަން ކުރައްވާފައިވަނީ 16 ޖުލައި 2026 ގަ އެވެ.

މި މަގާމަށް ކުރިމަތިލުމަށް ހުޅުވާލުމުން، ނަން ހުށަހެޅުއްވި ބޭފުޅުންގެ ތެރެއިން އެ މަގާމަށް އައްޔަންކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފެނިވަޑައިގަންނަވާ ކަމަށް މަޖިލީހަށް ފޮނުއްވި ނަންތަކުގެ ތެރޭގައި ހިމެނެނީ އަމީޒާގެ އިތުރުން މިހާރު ވެސް އިންސްޓްޓިއުޓް އޮފް ޗާޓާޑް އެކައުންޓަންޓްސް އޮފް މޯލްޑިވްސްގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ހަލީމް އަބްދުﷲ އެވެ.

މި ދެ ބޭފުޅުންގެ ނަން ވެސް އިގްތިސާދީ ކޮމެޓީއިން ފާސްވެފައިވެ އެވެ. އެހެންނަމަވެސް ކޮމެޓީގައި ވެސް މަތީ މާކުސް ލިބިވަޑައިގެންނެވީ އަމީޒާއަށެވެ. އެހެންކަމުން މަޖިލީހުގެ ތަޅުމުގައި ފުރަތަމަ ވޯޓަށް އެހީ އަމީޒާގެ ނަން ފާސްކުރުމަށެވެ. 64 މެމްބަރުންގެ ވޯޓާއެކު އަމީޒާގެ ނަން ފާސްވުމުން ހަލީމްގެ ނަން ފާސްކުރުމަށް ވޯޓަށް އަހާފައެއް ނުވެ އެވެ.

އަމީޒާ ވަނީ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ގައި 16 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތްކުރައްވާފައެވެ. އަމީޒާ ވަނީ އެ އޮތޯރިޓީގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލްގެ މަގާމު ފުރުއްވުމުގެ އިތުރުން ޓެކްސްގެ ސިޔާސަތުތައް އިސްލާހުކުރުމާއި، މުއައްސަސާ ހިންގުމުގެ ނިޒާމު ހަރުދަނާކުރުމާއި، މުޅި މުއައްސަސާގެ ފެންވަރުގައި އާމްދަނީ އިތުރުކުރުމުގެ ރޮނގުން މަސައްކަތްކުރައްވާފައެވެ.

މީގެ އިތުރުން މީރާގެ އެންފޯސްމަންޓް ޑިވިޝަންގެ އިސްވެރިއެއްގެ ހައިސިއްޔަތުން، ޑޭޓާ އެނަލިޓިކްސް އަދި ހެކީގެ މައްޗަށް ބިނާވެފައިވާ ސިޔާސަތުތައް ބޭނުންކުރައްވައިގެން، ނުލިބި ހުރި ޓެކްސް އަދި ޓެކްސް ނޫން އާމްދަނީ ހޯދުމުގެ މަސައްކަތް ވެސް ކުރައްވާފައިވެ އެވެ.

އަމީޒާ ވަނީ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިއާއިން މާސްޓަރ އޮފް ސައިންސް އިން އެކައުންޓިންގ އަދި އޮކްސްފޯޑް ބްރޫކްސް ޔުނިވަރސިޓީއިން ބެޗެލަރސް ޑިގްރީ އިން އެޕްލައިޑް އެކައުންޓިން ހާސިލުކުރައްވާފައެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d