ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ކުރިމަތިލުމަށް ހުޅުވައިލައިފި
އައިޝަތު ހިދާޔާ

މީރާ ހިންގާ ފިނޭންސް މިނިސްޓްރީގެ އިމާރާތް -- ފޮޓޯ/ މިހާރު
SHARE
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމު ހުސްވެފައިވާތީ، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން އިއްޔެ ހުޅުވައިލައިފިއެވެ.

މި މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު ހަމަވާނީ 5 އޮގަސްޓް ވާ ބުދަ ދުވަހުގެ 12:00 އާ ހަމައަށެވެ. ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އެދި ހުށައަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދުދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް ރައީސް އޮފީހުންނެވެ.
މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ރިސެޕްޝަނުން ލިބޭނެއެވެ. އަދި ރައީސް އޮފީހުގެ ވެބްސައިޓުން ފޯމު ޑައުންލޯޑު ވެސް ކުރެވޭނެއެވެ.
މި މަގާމު ހުސްވީ މި މަގާމުގައި ހުންނެވި ފާޠިމަތު އަމީޒާ ކޮމިޝަނާ ޖެނެރަލްގެ މަގާމަށް އައްޔަންކުރެއްވުމުންނެވެ. އަމީޒާ އެ މަގާމަށް އައްޔަންކުރެއްވީ މިދިޔަ އާދިއްތަ ދުވަހުއެވެ.


