logo

ބައްސާމާއި ޝްވެކް ސިނެމާ ހިމެނޭހެން ޓެކްސް ނުދައްކާ އަދަދު އެއް މިލިއަން ރުފިޔާއަށް އެރި 33 ފަރާތެއްގެ ނަން ހާމަކޮށްފި

ފާތިމަތު މިޝްކާ

21 ސެޕްޓެމްބަރު 2026 - 07:00
ބައްސާމާއި ޝްވެކް ސިނެމާ ހިމެނޭހެން ޓެކްސް ނުދައްކާ އަދަދު އެއް މިލިއަން ރުފިޔާއަށް އެރި 33 ފަރާތެއްގެ ނަން ހާމަކޮށްފި

SHARE

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި ޝްވެކް ސިނެމާ ހިމެނޭހެން ޓެކްސް ނުދައްކާ 33 ފަރާތެއްގެ ނަން ހާމަކޮށްފި އެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މީރާ އިން އާންމުކުރި ލިސްޓުގައި ހިމެނެނީ ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ނުދައްކާ މިންވަރު އެއް މިލިއަން ރުފިޔާއަށްވުރެ މައްޗަށް ގޮސްފައިވާ މީހުންނާއި ކުންފުނީގެ ނަންތަކެވެ.

ބައްސާމާއި ޝްވެކް ސިނެމާގެ އިތުރުން މި ލިސްޓުގައި ހިމެނޭ ބައެއް ނަންތަކުގެ ތެރޭގައި ބިޒްނަސް އިމޭޖް ގްރޫޕް (ބިގް)، ޗީބޯ ކެފޭ ހިންގަމުންދާ ޗީބޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވަމުންދާ ވިޔަފާރިތައް ވެސް ހިމެނެ އެވެ.

މީރާއިން އާންމުކުރި ލިސްޓު

މި ލިސްޓުގައި ހިމެނޭ މީހުންނާއި ކުންފުނިތަކުގެ ނަންތައް ހާމަކުރުމުގެ ކުރިން ފޯނުން ގުޅައި ޓެކްސް ނުދައްކާ ފަރާތްތަކަށް ގާނޫނުގައި ކަނޑައަޅާފައިވާ އަދަބުތަކާއި އެ ފަރާތްތަކާމެދު އަޅާނެ ފިޔަވަޅުތަކުގެ މައުލޫމާތު ކިޔައިދީފައިވާނެ ކަމަށާއި އެސްއެމްއެސްގެ ޒަރީއާއިން ވެސް އެކަން އަންގާފައިވާނެ ކަމަށް މީރާއިން ބުނެފައިވެ އެވެ.

ދައުލަތަށް ދައްކަންޖެހި ނުދައްކާފައިވާ ފައިސާ ހޯދުމުގެގޮތުން އެއްވެސް ތަފާތުކުރުމެއްނެތި އިތުރު ފިޔަވަޅުތައް އަޅަމުންދާނެކަމަށް މީރާއިން ވަނީ ހާމަކޮށްފަ އެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d