logo

އިންޑިއާ ފަތުރުވެރިންގެ މެދުގައި ރާއްޖެ ޕްރޮމޯޓްކުރަން މިފަހަރު ރާއްޖެއައީ ބާދުޝާ

އައިޝަތު ހިދާޔާ

21 ޖުލައި 2026 - 07:32
އިންޑިއާ ފަތުރުވެރިންގެ މެދުގައި ރާއްޖެ ޕްރޮމޯޓްކުރަން މިފަހަރު ރާއްޖެއައީ ބާދުޝާ

SHARE

އިންޑިއާ ފަތުރުވެރިންގެ މެދުގައި ރާއްޖެ ޕްރޮމޯޓްކޮށް އިންޑިއާ މާކެޓު ކުރިއަރުވަން އެގައުމުގެ މިއުޒިކީ ތަރި އަދި އިންޑިއަން އައިޑަލްގެ ޖަޖު ބާދުޝާ ރާއްޖެ އަތުވެއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވާ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންއިން ބުނީ ބާދުޝާއަކީ ވިޒިޓް މޯލްޑިވްސްގެ ކަލްޗަރަލް އެމްބެސެޑަރު ކަމަށެވެ. އޭނާއާއެކު ކުރިއަށް ގެންދިޔަ ހަތަރު ދުވަހުގެ ކެމްޕެއިން މިހާރު ނިންމާލާފައިވާކަމަށް ވިޒިޓް މޯލްޑިވްސްއިން ބުންޏެވެ.

ވިޒިޓް މޯލްޑިވްސްއިން ބުނީ, މި ކެމްޕެއިނަކީ އިންޑިއާގެ ނުފޫޒުގަދަ ސަގާފީ ޝަހްސިއްޔަތު ތަކާއި ރާއްޖެ ގުޅުވައިދިން ހަރަކާތެއް ކަމަށެވެ. އަދި ބާދުޝާ ރާއްޖެއަށް ކުރި ދަތުރުގެ ސަބަބުން އިންޑިއާގެ މެދުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުވެ ރާއްޖެއަށް ދަތުރުކުރުމަށް އިންޑިއާގެ އެތައް މިލިއަން ބަޔަކަށް ހިތްވަރުދީ ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ރާއްޖޭގެ ރީތިކަން އިޝްތިހާރުކުރެވުނު ކަމަށެވެ.

އިންޑިއާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި ނުހަނު މުހިންމު މާކެޓެއްކަން ފާހަގަކޮށް ވިޒިޓް މޯލްޑިވްސްއިން ބުނީ, އިންޑިއާގައި ރާއްޖޭގެ މަގުބޫލުކަން ބޮޑުވުމަކީ ދިގު މުއްދަތެއްގައި އިންޑިއާ މާކެޓުން ރާއްކެއަށް ގިނަ ފަތުރުވެރިން ގެނެވޭނެ ކަމެއްކަމަށެވެ. ރާއްޖެއަކީ އިންޑިއާގެ ހަނީމޫން ދަތުރުވެރިންނަށާއި އާއިލާތަކަށާއި ލަގްޒަރީ ދަތުރުވެރިންގެ އިތުރުން ކައިވެނީގެ ހަފުލާތަކަށާއި ކޯޕަރޭޓް ދަތުރުތަކަށް ވެސް އެންމެ އެކަށީގެންވާ މަންޒިލްކަން ވިޒިޓް މޯލްޑިވްސްއިން ވަނީ ފާހަގަކޮށްފައެވެ.

ބާދިޝާއަކީ އިންޑިއާއީއި އޭޘިއާގައި މަގުބޫލު ޝަހުސިއްޔަތެކެވެ. އޭނާގެ މިއުޒިކާއި ވީޑިއޯތަކަށް ބިލިއަނުން ސްޓްރީމްސް ލިބިފައި ވެއެވެ. މިއުޒިކްގެ އިތުރުން ފެޝަން, ލައިފްސްޓައިލް އަދި މުނިފޫހިފިލުވުމުގެ ދާއިރާގައި ވެސް އޭނާގެ ނުފޫޒު ގަދައެވެ. އެހެންކަމުން އާ ޖީލުގެ ދަތުރުވެރިންނަށް ރާއްޖެ އިޝްތިހާރު ކުރުމަށް އޭނާ އަކީ އެންމެ އެކަށީގެންވާ ޝަހްސިއްޔަތު ކަމަށް ވިޒިޓް މޯލްޑިވްސްއިން ގަބޫލުކުރެއެވެ.

ރާއްޖެއަންނަ އިންޑިއާ ފަތުރުވެރިން ގިނަ ކުރުމަށްޓަކައި އެ ކޯޕަރޭޝަންގެ ގްލޯބަލް އެމްބެސެޑަރަކަށް އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ކެތްރީނާ ކައިފް ވަނީ ހަމަޖައްސާފައެވެ. ގްލޯބަލް އެމްބެސެޑަރަކަށް ކެތްރީނާ އައްޔަންކުރީ މިދިޔަ އަހަރުގެ ޖޫންމަހުގެ 10ވަނަ ދުވަހުއެވެ. މި އެމްބެސެޑާޝިޕްގެ ދަށުން ކެތްރީނާ ރާއްޖެ އިޝްތިހާރު ކުރާނެކަމަށް ވިޒިޓް މޯލްޑިވްސްއިން ބުންޏެވެ. ނަމަވެސް, މިހާތަނަށް އެ ކޯޕަރޭޝަންގެ އެއްވެސް ކެމްޕެއިނެއްގައި ކެތްރީނާ ބައިވެރިވެފައެއް ނުވެއެވެ.

އިންޑިއާ މާކެޓަކީ މީގެކުރިން ރާއްޖޭއަށް އެންމެ ގިނަ ފަތުރުވެރިން އައި މާކެޓެވެ. އެގޮތުން 2020ވަނަ އަހަރާއި 2021 އަދި 2022ވަނަ އަހަރު ވެސް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައީ އިންޑިއާއިންނެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d