logo

މިނިވަން ދުވަސް ފާހަގަކުރުމަށް މިރޭ މާލޭގައި ހަވާ އަރުވަނީ

އައިޝަތު ހިދާޔާ

26 ޖުލައި 2026 - 11:17
މިނިވަން ދުވަސް ފާހަގަކުރުމަށް މިރޭ މާލޭގައި ހަވާ އަރުވަނީ

SHARE

ރާއްޖޭގެ 61ވަނަ މިނިވަންދުވަސް ފާހަގަކުރުމަށް މިރޭ މާލޭގައި ހަވާ އެރުވުމަށް ހަމަޖެހިފައި ވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އެމްއެންޑީއެފުން ބުނީ, މާލެ އުތުރު ފަރާތު 1 ނަންބަރު ފާލަމާ ދިމާ ބޭރުން މޫދުގައި ކަމަށެވެ. ހަވާ އަރުވާނީ މިޜެ 11 ޖަހާ އެހާއިރު ކަމަށާއި ހަވާ އެރުވުން ކުރިއަށް ދާނީ ގާތްގަނޑަކަށް ފަސް ވަރަކަށް މިނެޓަށް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ހަވާ އެރުވުމަކީ ބައެއް މުނާސަބާތަކާ ގުޅުވާ ރާއްޖޭގައި ކުރާ ކަމެކެވެ. ހަވާ ބަލަން ގިނަ ބަޔަކު އަބަދު ވެސް މަގުތަކަށް އެއްވެއެވެ.

މިނިވަން ދުވަސް ފާހަގަކުރުމަށް މިރޭ މާލޭގެ ބޮޑެތި މަގުތަކުގައި ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތް ފަށާނީ މިރޭ 8:30ގައެވެ.

މިނިވަން ދުވަހުގެ ހަރަކާތްތައް ފަށައިފައި ވަނީ ހެނދުނު ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތަކުންނެވެ. އަދި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ މިއަދު ހެނދުނު ވަނީ ޒުވާނުންގެ މަރުކަޒުގައި ބާއްވާފައެވެ. މި ޖަލްސާގައި ވަނީ ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ޝަރަފު ހަތަރު ބޭފުޅަކަށް އަރުވައިފައެވެ.

އަދި ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ބޭބޭފުޅުންނަށް ވަނީ ޝަރަފުގެ ބެޖާއި އައްޑަނަ ހަވާލުކުރައްވާފައެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d