logo

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އޮތް ނުރައްކާތަކާ ދެކޮޅަށް ފަސްޖެހުމެއްނެތި ފިޔަވަޅު އަޅާނަން: ހިލްމީ

ސައިފުﷲ އަލީ

27 ޖުލައި 2026 - 18:21
ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އޮތް ނުރައްކާތަކާ ދެކޮޅަށް ފަސްޖެހުމެއްނެތި ފިޔަވަޅު އަޅާނަން: ހިލްމީ

SHARE

އޮސްޓްރޭލިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖެއަށް ހަދިޔާކުރި މަނަވަރު "އިމާދުއްދީން" ކޮމިޝަންކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ކައިރީގައި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކަންތައްތަކެއް ހިނގަމުންދާ ކަމަށާއި، ނަމަވެސް އެއްވެސް ބިރެއް ނެތި ކަނޑުގެ ސަރަހައްދު ދިފާއުކުރައްވާނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވިދާޅުވެއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ރާއްޖެ ހިމެނޭ ސަރަހައްދުގެ ސަލާމަތީ ވެއްޓަށް މިއަދު ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރައްވަމުން ޙިލްމީ ވިދާޅުވީ، ދިވެހިރާއްޖޭގެ ބައުންޑަރީ ލައިން ކައިރީގައި ކޮންމެ ވަގުތަކު ވެސް ނުރައްކާތެރި ހަރަކާތްތަކެއް ހިނގަމުންދާ ކަމަށެވެ. އަދި މި ނުރައްކާތަކުގެ އަސަރު ރާއްޖޭގެ ސަރަހައްދުގެ އެތެރެއަށް ވެސް ފޯރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މިއީ ސީދާ ކޮން ބާވަތެއްގެ ނުރައްކާތަކެއް ކަމުގެ ތަފުސީލެއް އޭނާ ހާމަކުރައްވާފައެއް ނުވެއެވެ.

ރާއްޖޭގެ ސަރަހައްދު ދިފާއުކުރުމަށްޓަކައި އެތެރެއާއި ބޭރުން ކުރިމަތިވާ ގޮންޖެހުންތަކަށް ސަމާލުކަން ދޭންޖެހިފައިވާކަން ބަޔާންކުރައްވަމުން، ބޭރު ކަނޑުތަކުގައި ރާއްޖޭގެ މަސްލަހަތު ހިމާޔަތްކުރުމަށް ވަރުގަދަ އަސްކަރީ ބާރެއް އޮތުމުގެ މުހިންމުކަން ޙިލްމީ ވަނީ ފާހަގަކުރައްވާފައެވެ. މިގޮތުން، ކަނޑުގެ ސަރަހައްދު ބެލެހެއްޓުން ހަރުދަނާކުރުމަށްޓަކައި އަންނަ ނޮވެންބަރު މަހުގެ ތިންވަނަ ދުވަހުގެ ކުރިން 20 އިންޓަސެޕްޓަރު އުޅަނދު ހޯއްދަވާނެ ކަމަށް ވެސް އޭނާ އިއުލާނުކުރެއްވިއެވެ.

އަލަށް ޚިދުމަތަށް ނެރުނު "އިމާދުއްދީން" މަނަވަރަކީ، އޮސްޓްރޭލިއާގެ ޕާތުގެ ހެންޑަސަން ޝިޕްޔާޑުގައި އޮސްޓަލް ލިމިޓެޑުން ބަނދެފައިވާ މުޅިން އައު އުޅަނދެކެވެ. މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މައުލޫމާތު ދިން ގޮތުގައި، ކަނޑުމަތީގައި ފުޅާ ދާއިރާއެއްގައި އޮޕަރޭޓްކުރުމުގެ ގާބިލުކަން ލިބިފައިވާ މި އުޅަނދަކީ އެންމެ ޒަމާނީ ނިޒާމުތަކާއި ޓެކްނޮލޮޖީ އެކުލެވޭ ގޮތަށް ފަރުމާކޮށްފައިވާ މަނަވަރެކެވެ.

މި މަނަވަރަށް "އިމާދުއްދީން"ގެ ނަން ދީފައިވަނީ އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން އެއްވަނަ ރާއްޖޭގެ ދިފާއީ ބާރު ވަރުގަދަކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތަކަށް ނިސްބަތްކޮށެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، އޮސްޓްރޭލިއާ ސަރުކާރާއެކު ކުރެއްވި މަޝްވަރާތަކުގެ ތެރެއިން ހޯއްދަވައިދެއްވި އުޅަނދެއްކަން ވެސް އެމްއެންޑީއެފުން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d