logo

އިމްތިހާނު ކަރުދާސް ލީކުވުން ހުއްޓުވުމުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފި، ބިލުގެ މަސައްކަތުގައި އިސްކޮށް އުޅުއްވާނީ ޒުވާން މެމްބަރުން

ފާތިމަތު މިޝްކާ

27 ޖުލައި 2026 - 08:47
އިމްތިހާނު ކަރުދާސް ލީކުވުން ހުއްޓުވުމުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފި، ބިލުގެ މަސައްކަތުގައި އިސްކޮށް އުޅުއްވާނީ ޒުވާން މެމްބަރުން

އިންޑިޔާގެ ޒުވާނުން ކުރިއަށް ގެންދިޔަ މުޒާހަރާ

SHARE

އިންޑިއާގެ އިމްތިހާނުތަކާ ބެހޭ ގާނޫނުތަކަށް ބަދަލު ގެނެސް އިތުރަށް ވަރުގަދަ ކުރުމަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މުޅި އިންޑިޔާގައި ކުރިއަށްދިޔަ ވަރުގަދަ މުޒާހަރާތަކަށްފަހު، އިމްތިހާނުތަކުގެ ނިޒާމު އިސްލާހުކުރުމަށްޓަކައި އެފަދަ ކުށްތަކަށް ދެވޭ އަދަބުތައް އިތުރަށް ހަރުކަށިކޮށް، ގާނޫނީ އޮނިގަނޑު ވަރުގަދަކުރުމަށް ގާނޫނަށް ހުށަހެޅި އިސްލާހުގައިވެ އެވެ. މި މުޒާހަރާތައް ކުރިއަށް ގެންގޮސްފައިވަނީ އެ ގައުމުގެ ޒުވާނުންނާއި ދަރިވަރުން އިސްވެ ތިބެ އުފެއްދި "ކޮކްރޯޗް" ނުވަތަ ކުރަފި ޕާޓީއިންނެވެ.

މި މުޒާހަރާތަކުގެ ސަބަބުން ކުރިމަތި ޕްރެޝަރާ ހުރެ އެގައުމުގެ އެޑިޔުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވާފައިވެ އެވެ. ފާއިތުވި 11 އަހަރުތެރޭ 140އަށްވުރެ ގިނަ އިމްތިހާނު ކަރުދާސް ލީކުވެފައިވާއިރު މި ފަހަރުގެ ކަރުދާސް ލީކުވުމުގެ ސަބަބުން އެކަނިވެސް 22 ލައްކަ ދަރިވަރުންގެ އިމްތިހާން ވަނީ ކެންސަލް ވެފަ އެވެ.

އިމްތިހާނު ކަރުދާސް ލީކުވުން ހުއްޓުވުމަށް މީގެ ދެ އަހަރު ކުރިން އެކުލަވައިލި ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މިއަދު ވަނީ ހުށަހަޅާފަ އެވެ. ސަރުކާރުގެ ފަރާތުން "ޕަބްލިކް އެގްޒެމިނޭޝަންސް (ޕްރިވެންޝަން އޮފް އަންފެއަރ މީންސް) އެމެންޑްމަންޓް ބިލް، 2026" މިއަދު ހުށަހެޅި ނަމަވެސް، އިދިކޮޅު މެންބަރުންގެ އިހުތިޖާޖުތަކާ ގުޅިގެން މަޖިލީހުގެ ޖަލްސާ ވަނީ ކުޑައިރުކޮޅެއްގެ ތެރޭގައި މެދުކަނޑާލަން ޖެހިފައެވެ.

ޕާލަމެންޓްރީ އެފެއާޒް މިނިސްޓަރު ކިރެން ރިޖިޖޫ ވަނީ މި ބިލުގެ ބަހުސްގައި ބައިވެރިވުމަށް އިދިކޮޅު ޕާޓީތަކަށް ގޮވައިލާފަ އެވެ.ހުރިހާ ޕާޓީތަކުން ވެސް މި ބަހުސްގައި ބައިވެރިވުމަކީ މުހިންމު ކަމެއް ކަމަށާއި، ބަހުސްގައި ބައިވެރިނުވެ މަޖިލީހުގެ ނިޒާމު ގެއްލުވައިލުމުން ރަނގަޅު ނަތީޖާއެއް އަންނާނެ އެއްވެސް ގޮތެއް ނެތްކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ބައެއް މަސްދަރުތަލާ ހަވާލާދީ އިންޑިޔާގެ ހަބަރުތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ބީޖޭޕީ އިސްވެ އޮންނަ އެންޑީއޭ އިއްތިހާދުން ވަނީ މި ބިލާ ބެހޭގޮތުން ވާހަކަދެއްކުމަށް ޒުވާން މެންބަރުންނަށް އިސްކަންދިނުމަށް ނިންމާފަ އެވެ. މިއީ ގައުމުގެ އާ ޖީލު ނުވަތަ 'ޖެން-ޒީ' ގެ ޝުއޫރުތަކާ ގުޅޭގޮތަށް މި ބިލަށް ބަހުސް ކުރުމަށާއި ސިޔާސީ ގޮތުން ޒުވާނުންގެ ތާއީދު ހޯދުމަށް ނިންމާފައިވާ ނިންމެވުމެއްކަމަށް އިންޑިޔާގެ ބައެއް މީޑިޔާތަކުން ރިޕޯޓުކޮށްފައިވެ އެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d