logo

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.2 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފި

ފާތިމަތު މިޝްކާ

28 ޖުލައި 2026 - 11:13
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.2 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފި

SHARE

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.2 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން ޖުމްލަ 1,229,419 ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާ އަދަދާއި އަޅާ ބަލާއިރު މިއީ 4.5 އިންސައްތަ ދަށް އަދަދެއް ކަމަށް ވުޒާރާއިން ބުނެ އެވެ.

މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން ރާއްޖެއަށް ދަތުރުކުރާ ގިނަ އެއަރލައިންތަކުގެ ދަތުރުތައް ވަގުތީގޮތުން ހުއްޓާލައި ގިނަ ފްލައިޓުތަކެއް ފާއިތުވި ދުވަސްތަކުގައި ވަނީ ކެންސަލްކޮށްފަ އެވެ. އެހެންނަމަވެސް މިހާރު އެވްރެޖުކޮށް ދުވާލަކު 5،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. އެ ގައުމުން 210,109 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ރަޝިޔާއިން 175,814 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

ދެން އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނެނީ އިނގިރޭސިވިލާތް، އިޓަލީ އަދި ޖަރުމަނެވެ.

މި ޖުލައި މަހުގެ މިހާތަނަށް ރާއްޖެއަށް 159,537 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައިވާއިރު މިއީ މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންނާ އަޅާ ބަލާއިރު 1.3 އިންސައްތަ ދަށް އަދަދެކެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d