logo

މިއަދުވެސް ކަނޑުތައް ގަދަވާނެ، ބައެއް ރަށްތަކަށް އުދައިގެ އަސަރުކޮށްފާނެ

ފާތިމަތު މިޝްކާ

1 އޯގަސްޓު 2026 - 06:57
މިއަދުވެސް ކަނޑުތައް ގަދަވާނެ، ބައެއް ރަށްތަކަށް އުދައިގެ އަސަރުކޮށްފާނެ

ވިއްސާރަ ދުވަހަކު މާލޭގެ މަގުމަތި -- ނުކުތާ ފޮޓޯ: އިބްރާހިމް ނާއިޝް

SHARE

މިއަދުވެސް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފި އެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ މިއަދު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފަ އެވެ. އަދި ބައެއް ރަށްތަކަށް އުދައިގެ އަސަރުކޮށްފާނެ ކަމަށް ވެސް އެ އިދާރާއިން ހާމަކޮށްފައިވެ އެވެ.

ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ކުރިއަށް ލަފާކުރާގޮތަށް ބަލާއިރު ވައި ޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައިކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ބުނެ އެވެ.

ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 4 ފޫޓާއި 7 ފޫޓާއި ދެމެދުގަ އެވެ.

ސްކޫލު ޓާމު ބަންދު ނިމެން ގާތްވެފައިވާތީ މި ދުވަސްކޮޅަކީ އެކި ރަށްތަކަށް ގިނަ ބަޔަކު ދަތުރުކުރާނެ ދުވަސްވަރަކަށްވާތީ މޫސުމަށް ސަމާލުކަން ދިނުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން އަންނަނީ އިލްތިމާސްކުރަމުންނެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d