ރާއްޖޭ ސަރަހައްދުގައި ވިއްސާރަ ވިލާ ގިނަވެ, ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެ
އައިޝަތު ހިދާޔާ
.jpg&w=3840&q=75)
SHARE
ރައްޖޭ ސަރަހައްދުގައި ވިއްސާރަ ވިލާ ގިނަވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު ރާއްޖެއަށް މޫސުން ގޯސްވާނެކަމ,ަސް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް)އޮފީހުން ބުނެފިއެވެ.

މެޓުން ބުނީ, ހުޅަނގު މޫސުމާ ގުޅިގެން ރާއްޖޭ ސަރަހައްދުގައި ގިނަ އަދަދަކަށް ވިއްސާރަ ވިލާ އުފެދެމުން ދިއުމުގެ ފުރުސަތު ބޮޑުކަމަސް ދައްކާކަމަށެވެ. އެހެންކަމުން ކުރިއަސް އޮތް ތިން ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސަރަކުރާނެ ކަމަށް ލަފާކުރެވޭކަމަށް ވެސް މެޓުން ބުންޏެވެ.
މެޓުން ބުނީ, ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވައި ޖެހޭނެކަމަށް ލަފާކުރެވެނީ ހުޅަނގު ދެކުނާއި ހުޅަނގުން ދެކުނުގެ އަތޮޅުތަކަސް ފަސް މޭލާއި 15 މޭލާ ދެމެދުގެ ބަރުމިނުގައި އަދި އެހެން ހިސާބުތަކުގައި ހުޅަނގާއި ހުޅަނދު އުތުރުން ގަޑިއަކު 15 މޭލާއި 22 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށެވެ.
"ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވުން އެކަށިގެންވޭ. ދެކުނުގައި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެ އަދި އެހެން ހިސާބުތަކުގެ ކަނޑުތައް ގަދަވާނެ," މެޓުން ބުންޏެވެ.
އިތުރަށް އެ އިދާރާއިން ވަނީ, ހުރިހާ ފަރާތްތަކުން ވެސް މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ބަލައި, މޫސުމަށް ސަމާލުވުމަށް އިރުޝާދު ދީފައެވެ.
މުސުން ގޯސްވުމުގެ ސަބަބުން މިއަދު ވަނީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހަވީރާ ހަމައަށް ހުދު ސަމާލު ނެރެފައެވެ. މޫސުން ގޯސްވެފައި ވާއިރު, މިއަދު ވަނީ ސްކޫލުތަކުގެ މިޑްޓާމް ހޮލިޑޭ ފެށި ހަފުތާއަކަށް ކިޔެވުން ބަންދުވެފައެވެ.
އެހެންކަމުން މި ދުވަސްވަރު ގިނަ ބަޔަކު ކަނޑުމަގުންނާއި ވައިގެ މަގުން ދަތުރުކުރާނެއެވެ.
.jpg&w=3840&q=75)
.jpg&w=3840&q=75)
