ޣައްޒާގައި އެއްފަހަރާ ދެ އާއިލާއެއްގެ 112 މީހުންގެ ޖަނާޒާ، 44 ކުޑަކުދިން ހިމެނޭ
މިންހާ އަބްދުالله
ޖަނާޒާގެ ތެރެއިން
SHARE
ޣައްޒާގައި އެއްފަހަރާ ދެ އާއިލާއެއްގެ 112 މީހުންގެ ޖަނާޒާ ކުރިއަށް ގެންގޮސްފި އެވެ.

ދުނިޔޭގެ ގިނަ ބައެއްގެ ސަމާލުކަން ލިބިގެންދިޔަ މި ޖަނާޒާ ބާއްވާފައިވަނީ މި މަހުގެ ހަތަރު ވަނަ ދުވަހު އެވެ. މިއީ ފަހުގެ ތާރީހެއްގައި އެއްފަހަރާ އެންމެ ގިނަ އަދަދެއްގެ މީހުންގެ ޖަނާޒާ އެއްފަހަރާ ފަލަސްތީނުގައި ކުރިއަށް ދިޔަ އެއްފަހަރަށް ވާނެކަމަށް ޣައްޒާގެ ރައްޔިތުންނާ ހަވާލާދީ މީޑިޔާތަކުން ރިޕޯޓު ކޮށްފައިވެ އެވެ.
މިއީ އިސްރާއީލުން ޣައްޒާއަށް ދިން މިސައިލް ހަމަލާއެއްގައި ޝަހީދުވި ދެ އާއިލާއެއްގެ މެމްބަރުންތަކެކެވެ. މި މީހުންގެ ހަށިގަނޑުތައް ނަގާފައިވަނީ ވެއްޓިފައިވާ އިމާރާތްތަކުގެ ބައިތަކުގެ އަޑިންނެވެ.
މި މީހުން ނިސްބަތްވަނީ ޣައްޒާގެ ހަސައިނާ އަދި އަބޫ ޝަރީއާ އާއިލާއަށެވެ. ޝަހީދުވި މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންގެ އިތުރުން އުމުރުން ދުވަސްވީ މީހުންނާއި ފިރިހެނުން ވެސް ހިމެނެ އެވެ. އެގޮތުން 44 ކުޑަކުދިންނާއި 37 އަންހެނުންނާއި އުމުރުން ދުވަސްވީ 23 މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ 7 މީހަކު މީގެ ތެރޭގައި ހިމެނޭކަމަށް މީޑިޔާތަކުން ރިޕޯޓުކުރެ އެވެ.
މި މީހުންގެ ޖަނާޒާ ކުރިއަށް ދިޔަ ވަގުތުގައި ފަލަސްތީނުގެ ދިދަ އެމީހުންގެ ހަށިގަނޑުތައް މަތީ އަޅާފައިވެ އެވެ.
އިސްރާއީލުގެ ހަމަލާތައް ފެށި ފަހުން މިހާތަނަށް މި ދެ އާއިލާގެ ޖުމްލަ 308 މީހުން ޝަހީދުކޮށްލާފައިވާކަމަށް ޣައްޒާގެ ރައްޔިތުންނާ ހަވާލާދީނ މީޑިޔާތަކުގައި ރިޕޯޓުކޮށްފައިވެ އެވެ.
ޣައްޒާގެ ގިނަ އަދަދެއްގެ މީހުންނާއި ކުދިން މި ޖަނާޒާއަށް ގޮސް އެ މެމްބަރުންނަށް އޮތް ލޯބި ހާމަކޮށްދީފައިވެ އެވެ.

.jpg&w=3840&q=75)
