logo

އަމާން އުދަރެސް ސަރަހައްދުން 670 ޓަނުގެ ކުނި ނަގައިފި

އައިޝަތު ހިދާޔާ

9 އޯގަސްޓު 2026 - 09:17
އަމާން އުދަރެސް ސަރަހައްދުން 670 ޓަނުގެ ކުނި ނަގައިފި

SHARE

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ އަމާން އުދަރެސް ސަރަހައްދުގައި ހުރި ކުނިތައް ސާފުކޮށް 670 ޓަނުގެ ކުނި އިއްޔެ ނަގައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ކާޑުބޯޑު ފަދަ ގިނަ އަދަދެއްގެ ކުނި އެ ސަރަހައްދުގައި އޮންނަ ހުސް ބިމަސް އަޅައި އެތަން ވަނީ "ނުކި ގޮނޑަކަށް" ބަދަލުވެފައެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އަދި ފުލުހުންނާއި ވެމްކޯ ގުޅިގެން ވަނީ އެ ސަރަހައްދު ސާފު ކުރުމުގެ މަސައްލަތް ފަށައިފައެވެ. "މަދިރިން ރައްކަ"ގެ ނަމުގައި ކުރިއަށް ގެންދާ މި ހަރަކާތުގެ ދަށުން އިއްޔެ އެކަނި ވެސް އެސަރަހައްދުން 670 ޓަނުގެ ކުނި ނަގާފައި ވާކަން އެޗްޑީސީން ވަނީ ހާމަކޮށްފައެވެ.

View post on Twitter

އެޗްޑީސީގެ މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންގެ ހެޑް މަލްޝާ ޝަރީފް އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ 670 ޓަނުގެ ކުނި މިހާނަތަށް ނެގިފައި ވާއިރު, އަދިވެސް މިތަން ސާފުކުރުމުގެ މަސައްކަތް ނުނިމޭކަމަށެވެ. އެގޮތުން, މިއަދު ވެސް އެސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރާނެ ކަމަށާއި މިއަދުގެ ނިޔަލަށް އެ ސަރަހައްދު އެއްކޮށް ސާފު ކުރެވޭނެ ކަމަށް ބެލެވޭކަމަށް އޭނާ ވިދާޅުވިއެވެ.

އެ ޕޯސްޓުގައި ވާގޮތުން 670 ޓަނުގެ ކުންޏަކީ, 450 ކާރުގެ ބަރުދަނެވެ. އޭނާ ވަނީ މި ސަރަހައްދު ސާފު ކުރުމުގެ މަަސައްކަތުގައި ބައިވެރިވި އެންމެންނަށް ޝުކުރު އަދާކުރައްވާފައެވެ.

"މަދިރިން ރައްކާ" ޕްރޮގްރާމުގެ ދަށުން މި ސަރަހައްދު ސާފުކުރުމަށްފަހު ފޮގް ކުރަން ވަނީ ހަމަޖެހިފައެވެ. އަދި ސާފު ކުރުމުގެ ހަރަކާތްތައް ކޮންމެ ހޮނިހިރު ދުވަހަކު ކުރިއަށް ގެންދިއުމަށް ވަނީ ނިންމައިފައެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d