logo

ޒުވާނުންނަށް ހާއްސަކޮށް ބޭއްވި ޔޫތް ލިޑަޝިޕް ޓްރެއިނިން ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފި

އައިޝަތު ހިދާޔާ

10 އޯގަސްޓު 2026 - 06:53
ޒުވާނުންނަށް ހާއްސަކޮށް ބޭއްވި ޔޫތް ލިޑަޝިޕް ޓްރެއިނިން ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފި

SHARE

ރާއްޖޭގެެ ސްކައުޓު ޖަމިއްޔާ އާއި މަޖީދިއްޔާ ސްކައުޓު ގްރޫޕުން ޒުވާނުންނަށް ހާއްސަކޮށް ބޭއްވި ޔޫތް ލިޑަޝިޕް ޓްރެއިނިން ކޯސް ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މަޖިދިއްޔާ ސްކޫލުގެ ސްކައުޓު ގްރޫޕުކަމުގައިވާ ފަސްޓް މާލެ ސްކައުޓު ގްރޫޕުން މާލޭގައި ބޭއްވި މި ކޯސް ކުރިއަށްގެންދިޔައީ މިމަހުގެ ހަތަރުވަނަ ދުވަހުން އަށްވަނަ ދުވަހުގެ މިޔަލަށް މާލޭގައި ހުންނަ ޔޫތު ހަބްގައެވެ. 17 އަހަރާއި 25 އަހަރާއި ދެމެދުގެ ޒުވާނުންނަށް ބޭއްވި މި ކޯހުގައި ސްކައުޓުންނާއި އެހެނިހެން ގޮތްގޮތުން ޖުމްލަ 50 ބައިވެރިން ބައިވެރިވެފައިވެއެވެ.

މި ކޯހަކީ ޒުވާނުން މަތި ފަންތީގެ މަޤާމުތަކަށް އަންނައިރު އެމީހުންނަށް ބޭނުންވާނެ ހުނަރުތައް ދަސްކޮށްދިނުމަށް ބޭއްވި ކޯހެއްކަމަށް ސްކައުޓް ޖަމިއްޔާއިން ބުންޏެވެ. މިގޮތުން، މި ކޯހުގެ ތެރެއިން ޒުވާނުން ކަންކަން ނިންމާ ނިންމުމުގެ އެކި ހަރުފަތްތަކުގައި ހަރަކާތްތެރިވާގޮތާއި، މަތީ ފަންތީގެ މަގާމުތަކުގައި މާނަވީގޮތެއްގައި ހަރަކާތްތެރިވާނެގޮތްތަކާއި، އެކުގައި މަސައްކަތް ކުރުމުގެ ރޫހު އާލާކޮށް، އިސްނެގުމާއި ކަންކަން ނިންމުމާއި ގުޅުންހުރި އެކި ހުނަރުތަކާއި ވިސްނަންޖެހޭ ކަންކަން ދަސްކޮށްފައިވެއެވެ.

މި ކޯހަކީ ބައިނަލްއަގްވާމީ ފެންވަރުގައާއި އެކި ބޭރުގެ ސްކައުޓު ޖަމްޢިއްޔާ ތަކުންވެސް ކުރިއަށްގެންދާ ކޯހެކެވެ. ނަމަވެސް, މިއީ ރާއްޖޭގައި މި ކޯސް ކުރިއަށްގެންދެވުނު ފުރަތަމަ ފަހަރެވެ.

undefined

މި ކޯސް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސައުދީ އަރަބިއްޔާއިން ރާއްޖައަށް ކަނޑައަޅުވާފައިވާ ސަފީރު، ޔަހްޔާ ބިން ހަސަން އަލް ޤަހްތާނީއެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި ގައުމުގެ ކުރިއެރުމުގައި ޒުވާނުންގެ ދައުރު ބޮޑުކަން އޭނާ ފާހަގަކުރައްވާފައިވެއެވެ. އަދި ޒުވާނުންނަށް ދޭ މިފަދަ ތަމްރީނުތަކަކީ އެތައް ގޮތަކުން ގައުމަށް ފައިދާކުރާނެ ކަންތައްތަކެއް ކަމަށް ވިދާޅުވިއެވެ.

"ޒުވާނުންނަކީ ކޮންމެ ގައުމެއްގައި ވެސް ގައުމުގެ ކުރިއެރުމަށް ވަރަށް މުހިންމު ބައެއް. އެ މީހުންގެ ހިތްވަރާއި، ބުރަ މަސައްކަތަކީ މުސްތަގުބަލު ބައްޓަން ކުރާ އެއްޗެއް. ޒުވާނުން ބާރުވެރިކުރުވައިގެން ލީޑަޝިޕް ހޯދަން މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއް" ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ ބިން ހަސަން އަލް ޤަހްތާނީ ވިދާޅުވިއެވެ.

މި ކޯހަކީ ސައުދީ ސަރުކާރުގެ ދީލަތި އެހީތެރިކަމާއެކު، ވޯލްޑް ސްކައުޓިން އަދި ވޯލްޑް ސްކައުޓް ފައުންޑޭޝަން އާ ގުޅިގެން ކުރިއަށްގެންދާ "މެސެންޖާސް އޮފް ޕީސް ފަންޑު" ގެ ދަށުން ކުރިއަށްގެންދް ޕްރޮޖެކްޓެއް ކަމުގައިވާ "ޔޫތް ލީޑަޝިޕް އެންޑް މެންބަޝިޕް ގްރޮތް" ގެ ތެރެއިން ކުރިއަށްގެންގޮސްފައިވާ ކޭމްޕެކެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d