logo

ޑައިމޯފިން ޓްރެފިކް ކުރިކަން ސާބިތުވެ, 25 އަހަރުގެ ޖަލު ހުކުމަކާއެކު އެއްލައްކަ ރުފިޔާގެ ޖޫރިމަނާއެއް

އައިޝަތު ހިދާޔާ

10 އޯގަސްޓު 2026 - 10:17
ޑައިމޯފިން ޓްރެފިކް ކުރިކަން ސާބިތުވެ, 25 އަހަރުގެ ޖަލު ހުކުމަކާއެކު އެއްލައްކަ ރުފިޔާގެ ޖޫރިމަނާއެއް

SHARE

ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުބިތުވެ، އުމުރުން 59 އަހަރުގެ މީހަކު 25 އަހަރަށް ޖަލަށް ލުމާއެކު އެއްލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކޯޓުން ހުކުމް ކޮށްފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މި މައްސަލައިގައި ހުކުމް ކޮށްފައި ވަނީ ސ. މީދޫ ދަފުތަރު ނަމްބަރު 07 އަބްދުލްވައްހާބު އަހްމަދަށެވެ. މި ހުކުމް އިއްވާފައިވަނީ އިއްޔެއެވެ.

އޭނާގެ މައްޗަށް ހުކުމް އިއްވާފައިވަނީ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 105 ވަނަ މާއްދާގެ ދަށުންނެވެ. ފުލުހުން ބުނީ މި މައްސަލަ ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައި ވަނީ 2021 ޑިސެމްބަރު އެއްވަނަ ދުވަހު ކަމަށެވެ.

މި މައްސަލައިގެ ތަހުގީގު ނިންމައި، އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2022ވަނަ އަހަރުގެ ޖަނަވަރީ 13ވަނަ ދުވަހުކަން ވެސް ފުލުހުން ފާހަގަކޮށްފައި ވެއެވެ.

މީގެއިތުރުން, ފުލުހުން ބުނީ މިއީ މަސްތުވާތަކެއްޗާ ދެކޮޅަށް، ކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ފުލުހުން ކުރަމުންދާ މަސައްކަތުގެ ނަތީޖާ ަކމަށެވެ. މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ހާއްސަ މަސައްކަތްތަކެއް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާކަމަށް ވެސް ފުލުހުން ބުންޏެވެ.

މިދިޔަ މޭ މަހު ވެސް މި ކުށް ސާބިތުވެ އުމުރުން 43 އަހަރުގެ މީހަކު ވަނީ ޖަލަށް ލައިފައެވެ.

އެއީ ނ. މިލަދޫ, އަލަމާގެ، އަޙްމަދު ޢަބްދުލްހާދީއެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d