logo

ޕޯސްޓުން އެތެރެކުރަން އުޅުނު ތިން ކިލޯއަށްވުރެ ގިނަ ކެނަބިސް އަތުލައިގެންފި

އައިޝަތު ހިދާޔާ

18 އޯގަސްޓު 2026 - 06:05
ޕޯސްޓުން އެތެރެކުރަން އުޅުނު ތިން ކިލޯއަށްވުރެ ގިނަ ކެނަބިސް އަތުލައިގެންފި

SHARE

ޕޯސްޓު މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އޅުޅުނު ތިން ކިލޯއަސްވުރެ ގިނަ ކެނަބިސް ކަސްޓަމުން އަތުލައިގެންފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ކަސްޓަމުން ބުނީ އެތަކެތި އަތިލައިގެންފައި ވަނީ, މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ. އެތަކެތީގެ ބަރުދަނުގައި 3252 ގްރާމް ހުރިކަން އެ އިދާރާއިން ވަނީ ފާހަގަކޮސްފައެވެ.

ކަސްޓަމުން އިތުރަށް ބުނީ, މިތަކެތި އަތުލައިގެންފައި ވަނީ ކަސްޓަމް މެދުވެރިކޮސް ގެނައި ޕެކޭޖެއް ބަލައިފާސްކުރުމުގެ ތެރޭގައި އޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ޝައްކު ވެގެން އިތުރަށް ބެލި ބެލުމުން ކަމަށެވެ.

މިމަހުގެ ފަސްވަނަ ދުވަހު ވެސް ކަސްޓަމުން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ކެނަބިސް އަތުލައިގެންފައެވެ. އެތަކެތީގެ ބަރުދަނުގައި 450 ގްރާމު ހުރިކަމަށް ކަސްޓަމުން ބުންޏެވެ.

ކަސްޓަމުން ބުނީ މިތަކެތި އަތުލައިގެންފައި ވަނީ އިންޑިއާއިން ރާއްޖެ އައި މީހެއްގެ ލަގެޖު ބަލައިފާސްކުރުމުގެ ތެރެއިން ކަމަށެވެ.

ކަސްޓަމުން ބުނިގޮތުގައި ވޭތުވެދިޔަ ދެ އަހަރާ ބައިގައި މަސްތުވާތަކެތީގެ މައްސަލައިގެ އަދަދު ވަނީ 27 ޕަސަންޓު އިތުރުވެފައެވެ. އަދި އަތުލައިގަނެވުނު ތަކެތީގެ ބަރުދަން ވަނީ 31 ޕަސަންޓު އިތުރުވެފައެވެ

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d