logo

މަރުވި ކުއްޖާގެ މެސެޖުތައް ހާމަކުރީ ނާޒުކު ހާލަތެއްގައި ފުލުހުންގެ އިތުބާރު ދެމެހެއްޓުމަށް: އިހްސާން

އައިޝަތު ހިދާޔާ

11 އޯގަސްޓު 2026 - 06:38
މަރުވި ކުއްޖާގެ މެސެޖުތައް ހާމަކުރީ ނާޒުކު ހާލަތެއްގައި ފުލުހުންގެ އިތުބާރު ދެމެހެއްޓުމަށް: އިހްސާން

SHARE

ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަނާލުގައި ހުރި 18 އަހަރުގެ ކުއްޖަކު މަރުވި މައްސަލައިގައި އޭނާ ދިވެހި ފުލުހުންގެ ޚިދުމަތަށް ކުރި މެސެޖުތައް ހަމަކުރީ ނާޒުކު ވަގުތެއްގައި ފުލުހުންގެ ޚިދުމަތުގެ އިތުބާރު ދެމެހެއްޓުމަށް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މި ހާދިސާ ހިނގީ މިދިޔަ އެޕްރިލް މަހުގެ 21ވަނަ ދުވަހުއެވެ. މި ކުއްޖާއަށް ބޭނުންވި އެހީތެރިކަން ފުލުހުން ފޯރުކޮށް ނުދިން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަތައް ފެތުރިފައި ވަނިކޮށް, ހޯމް މިނިސްޓްރީން ވަނީ އެމަހުގެ 23 ވަނަ ދުވަހު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި އިހުސާނު ވަނީ އެ ކުއްޖާ ފުލުހުންނަށްކުރި މެސެޖުތައް ހާމަކޮށްފައެވެ.

އެއާއެކު ގިން ބައެއްގެ ފާޑުކިޔުން މިނިސްޓަރު އިހުސާނަށް ވެސް އަމާޒުވިއެވެ.

މިކަމާ ގުޅިގެން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް ނަސީމް މިއަދު މަޖިލީހުގައި މިނިސްޓަރާ ސުވާލުކުރެއްވުމުން މިނިސްޓަރު ވިދާޅުވީ, މި ހާދިސާގައި ފުލުުން އިހުމާލުވިކަމަށް ބުނެ ފުލުހުންގެ ޚިދުމަތާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައާއި މީސްމީޑިއާގައި ވެސް ދޮގު މައުލޫމާތުތަކެއް ފެތުރެމުން ދިޔަކަމަށެވެ. މިއީ ވަރަށް ބޮޑެތި އިލްޒާމުތަކެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ, ފުލުހުންގެ މުއައްސަސާއަކީ 24 ގަޑިއިރު ރައްޔިތުންނަށް ޚިދުމަތްދޭން ތައްޔާރަށް އޮންނަ މުއައްސަސާއެއް ކަމަށެވެ. ވަކިން ކާއްސަކޮށް ނާޒުކު ހާލަތްތަކުގައި ތިބޭ ރައްޔިތުންނަށް ކޮންމެ ވަގުތަކު ވެސް ބަރޯސާވެވޭ އަދި ޚިދުމަތްދެވޭނެކަން ޔަގީންވާންޖެހޭ މުއައްސަސާއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އެ މުއައްސަސާގެ އެ ޔަގީންކަން ރައްޔިތުންގެ ތެރޭގައި ގެއްލުވައިލުމުގެ އޮގަނައިޒް ހަރަކާތެއް އެދުވަހު ހިނގަމުން ދިޔައީ. މި ފުރުސަތުގައި ގާނޫނު އަސާސީގެ ދަށުންނާއި ރާއްޖޭގެ ފުލުހުންގެ ގާނޫނުގެ 68ވަނަ މާއްދާގެ ދަށުން އަޅުގަނޑަށް މަތިކޮށްފައި އޮތް ވަކި ޒިންމާތަކެއް އަދާކުރުމަށް," މިނިސްޓަރު ވިދާޅުވިއެވެ.

އެ ޒިންމާގެތެރޭގައި ކުއްޖާގެ މަުލޫމާތު ހިމާޔަތްކުރުމުގެ އިތުރުން މުއައްސަސާގެ އިތުބާރު ދެމެހެއްޓުން ހިމެނޭކަން މިނިސްޓަރު ފާހގަަކުރެއްވިއެވެ. ކުއްޖާ ފުލުހުންނާ ދެއްކި ވާހަކައާއި ޓައިމްލައިން ހާމަނުކޮށް ފުލުހުނއ އަމަލުކލުރި ގޮތް ހާމަކޮށް ނުދެވޭކަމަށް އިހުސާނު ވިދާޅުވިއެވެ.

މީގެކުރިން މިފަދަ ހާލަތްތަކުގައި މައުލޫމާތު ހާމަނުކޮށްފި ނަމަ މައުލޫމާތު ސިއްރު ކުރުމުގެ ތުހުމަތު ކުރާކަމަށް އިސުހާނު ވިދާޅުވިއެވެ.

"ބޭރު ގައުމުތަކުގައި ވެސް ހާއްސަކޮށް 911 އެމެރިކާގެ ކޯލްސެންޓަރަށް ގުޅޭ ހާލަތުގައި ވެސް, އިނގިރޭސި ވިލާތުގައި ވެސް, އަދި އިނގިރޭސި ވިލާތުގެ ގާނޫނުތަކުން އެބަ އިނދޭ މި މައުލޫމާތު ކޮން ހާލަތެއްގައި ކިހާ މިންވަރަކަށް ހާމަކުރެވިދާނެކަން ވެސް ބަޔާންކޮށްފައި," މިނިސްޓަރު ވިދާޅުވިއެވެ.

އޭނާ ވަނީ ރާއްޖޭގައި މިފަދަ ގާނޫނެއް އަދި ހެދިފައި ނުވި ނަމަވެސް, މޭ މަހު ޑޭޓާ ޕްރައިވެސީގެ ގާނޫނެއް މަޖިލީހަށް ހުށަހަޅައިފައި ވާކަން ފާހަގަކުރައްވާފައެވެ. މި ގާނޫނު ވުޖޫދަށް އައުމުން މިފަދަ ހާލްތަތަކުގައި މައުލޫމާތު ހާމަކުރެވޭނެ މިންވަރު ގާނޫނީގޮތުން އެނގޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ފުލުހުންނާމެދު ޝައްކު އުފެދޭ ކޮންމެ ހާލަތެއްގައި އަޅުގަނޑުމެން ރައްޔިތުންގެ މިފަދަ މައުލޫމާތު ހާމައެއް ނުކުރާނަން. އެކަމަކުމިކަހަލަ ނާޒުކު ހާލަތްތަކުގައި ރައްޔިތުން ކޮންމެހެން ޚިދުމަތަށް އެދޭ އަދި އެ ޚީދުމަތަށް އެދި ގޮވަގޮވާތިބި އެތައް ބައިވަރު ރައްޔިތުންނެއް ކޮންމެ ދުވަހަކު ވެސް ތިބޭއިރު އެ ޚިދުމަތުގެ އަގު ހިފެހެއްޓުމަކީ ނުވަތަ އިތުބާރު ހިފެހެއްޓުމަކީ އަލުގަނޑުމެން ކޮންމެހެން ކުރަންޖެހޭ ކަމެއް," މިނިސްޓަރު ވިދާޅުވިއެވެ.

މި ހާދިސާގައި ނޫސްވެރިން އަމަލުކުރީ ވަރަށް ރަނގަލަށް ނަމަވެސް, ސިޔާސީ ފަރާތްތަކުްނ ދޮގު ހަދައި ކަން ހިނގި ގޮތް އޮޅުވައިލަން މަސައްކަތް ކުރި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d