ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފައިރޫޝް އިސްތިއުފާ ދެއްވައިފި
އައިޝަތު ހިދާޔާ

SHARE
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. އަބްދުالله ފައިރޫޝް މިއަދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

މިކަން ހާމަކުރައްވާފައި ވަނީ އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި ވަނީ, މަގާމުން އިސްތިއުފާ ދެއްވަން ނިންމެވީ ވަރަށް ބޮޑަށް ވިސްނެވުމަށް ފަހުކަމަށެވެ. އަދި އާންމު ޚިދުމަތކުރުމުގެ މި ޗެޕްޓާ ނިންމައިލަން މިއީ އެންމެ ރަނގަޅު ވަގުތުކަމަށް ފެނިވަޑައިގަންނަވާކަމަށް ވެސް މި ޕޯސްޓުގައި ވެއެވެ.
އޭނާ ވަނީ މި މަގާމު އަދާކުރުމުގެ ފުރުސަތު ލިބުނީތީ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.
ފައިރޫޝް ވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގައި ގިނަ އަހަރުތަކެއް ވަންދެން ޚިދުމަތް ކުރައްވާފައެވެ. އަދ ި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު ވެސް އަދާކުރެއްވުމަށްފަހު ފުލުހުންގެ ޚިދުމަތުން އޭނާ ރިޓަޔާ ކުރެއްވީ 2021ވަނަ އަހަރެވެ.
މި ސަރުކާރުން އޭނާ ފުރަތަމަ އައްޔަން ކުރީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ. ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކުރީ އޭގެ ފަހުންނެވެ.


