logo

ތިން މިނިސްޓްރީގައި އަލިފާނުގެ ހާދިސާއެއް ހިނގީ ބަޔަކު ރޯކޮށްލައިގެނެއް ނޫން: އިހްސާން

އައިޝަތު ހިދާޔާ

11 އޯގަސްޓު 2026 - 07:11
ތިން މިނިސްޓްރީގައި އަލިފާނުގެ ހާދިސާއެއް ހިނގީ ބަޔަކު ރޯކޮށްލައިގެނެއް ނޫން: އިހްސާން

ހައުސިން މިނިސްޓްރީގައި ހިނގި އަލިފާނުގެ ހާދިސާ --

SHARE

ތިން މިނިސްޓްރީއެއް ހިންގި އިމާރާތުގައި 2024ވަނަ އަހަރުގެ ޑިސެމްބަރު 12ވަނަ ދުވަހު އަލިފާނުގެ ހާދިސާއެއް ހިނގީ ބަޔަކު އެތަނުގައި ރޯކޮށްލައިގެން ނޫންކަމަށާއި ހާދިސާ ހިނގީ އޭސީގައި އަލިފާން ރޯވުމުން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާނު ވިދާޅުވެއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ހައުސިން މިނިސްޓްރީ, ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރަމަންޓް މިނިސްޓްރީ ހިންގި އިމާރާތް މި ހާދިސާގައި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާ ގުޅޭގޮތުން ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު މިއަދު މަޖިލީހުގައި ވަނީ ހޯމް މިނިސްޓަރާ ސުވާލު ކުރައްވާފައެވެ.

މި ސުވާލަށް ޖަވާބުދެއްވަމުން އިހުސާން ވިދާޅުވީ މި ހާދިސާ ހިނގި ގޮތް ދިވެހި ފުލުހުންގެ ޚިދުމަތާއި ކައިރި ގައުމުތަކުން ލިބުނު އެހީގައި ތަހުގީގުކޮށް, ތަހުގީގު މިހާރު ނިންމާފައި ވާކަމަށެވެ. މި ހާދިސާ ހިނގީ ބަޔަކު އެތަނުގައި ރޯކޮށްލައިގެން ނޫންކަން ތަހުގީގުން ހާމަވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ކަރަންޓު ރޯވެފައި ފުރަތަމަ ސްޓޭޖުގައި ފުލުހުން އެތަނަށް އެޓެންޑުވެގެން ފުލުހުންގެ ބޮޑީކެމްގެ ވީޑިއޯ ފުޓޭޖުން އަޅުގަނޑުމެންނަށް ސާބިތު އެބަވޭ, އެންމެ ފުރަތަމަ އަލިފާން ރޯވެފައި ވަނީ ސީލިންގަނޑު ތެރޭގައި އެއާކޮންޑިޝަން ތެރޭގައި ހުރި ވަޔަރުތަކެއްގައިކަން," އިހުސާނު ވިދާޅުވިއެވެ.

މި ހާދިސާގައި ގެއްލުން ލިބުނު މުދަލުގެ އަގު މިވަގުތު ބުނަން ނޭންގޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މި ހާދިސާއާ ގުޅޭ މައުލޫމާތު ހާމަކުރުމަށް މިނިސްޓްރީން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެކަމަށެވެެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d