ފާއިތުވި ހަފްތާގައި އެންމެ ބޮޑު ހަރަދެއް ކުރީ ދަރަނި ދެއްކުމަށް، ރިކަރަންޓް އެކްސްޕެންޑިޗަރ ހަރަދު 20 އިންސައްތަ މައްޗަށް
ފާތިމަތު މިޝްކާ
SHARE
ފާއިތުވި ހަފްތާގައި އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ދަރަނި ދެއްކުމަށްކަމަށް ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިސްކަލް ރިޕޯޓުން ދައްކައިފި އެވެ.

ރިޕޯޓުގައިވާ ކަންކަމަށް ބަލާއިރު 06 އޯގަސްޓް 2026 ގެ ނިޔަލަށް ލޯނު ދެއްކުމަށް ޖުމްލަ 9.6 ބިލިއަން ރުފިޔާ ޚަރަދުވެފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ޚަރަދުވެފައިވަނީ 3.9 ބިލިއަން ރުފިޔާ ކަމަށް ރިޕޯޓުގައިވެ އެވެ.
މިއީ އަހަރުން އަހަރަށް ބަލާއިރު 146.0 އިންސައްތައިގެ އިތުރުވުމެއް ކަމަށާއި 2026 ވަނަ އަހަރަށް ލޯނު ދެއްކުމަށް ބަޖެޓުގައި ކަނޑައަޅާފައިވާ ޖުމްލަ އަދަދަކީ 12.9 ބިލިއަން ރުފިޔާކަން ފާހަގަކޮށްފައިވެ އެވެ. އަހަރުގެ ބާކީ 4 މަސް އޮތްއިރު އޭގެ ތެރެއިން 9 މިލިއަން ރުފިޔާ މިވަނީ ދަރަންޏަށް ދައްކާފަ އެވެ.
ރިކަރަންޓް އެކްސްޕެންޑިޗަރ ހަރަދުތަކަށް ބަލާއިރު އަހަރުން އަހަރަށް 20.2 އިންސައްތަ އިތުރުވެ، 19.9 ބިލިއަން ރުފިޔާއިން 23.9 ބިލިއަން ރުފިޔާއަށް އެ ހަރަދުތަކަށް ހޭދަކުރި މިންވަރު ވަނީ މައްޗަށް ގޮސްފައެވެ. މުސާރައާއި އިނާޔަތްތަކުގެ އިތުރުން ޕެންޝަނަށް ކުރެވުނު ޚަރަދު 11.2 އިންސައްތަ އިތުރުވެ 9.4 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ސަރުކާރު ހިންގުމާއި އިދާރީ ޚަރަދުތައް 26.3 އިންސައްތަ އިތުރުވެ 14.4 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.
މީގެ އިތުރުން، އެހީއާއި ސަބްސިޑީގެ ޚަރަދުތައް 43.3 އިންސައްތަ އިތުރުވެ 7.8 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އޭގެ ތެރޭގައި ސަބްސިޑީއަށް ކުރެވުނު ޚަރަދު 75.7 އިންސައްތަ އިތުރުވެ 3.2 ބިލިއަން ރުފިޔާއަށް އަދި އާސަންދައަށް ކުރެވުނު ޚަރަދު 17.2 އިންސައްތަ އިތުރުވެ 1.3 ބިލިއަން ރުފިޔާއަށް އަރާފައިވާކަމަށް ރިޕޯޓުން ދައްކަ އެވެ.
ކެޕިޓަލް ޚަރަދު 7.0 އިންސައްތަ އިތުރުވެ، މިދިޔަ އަހަރުގެ 3.1 ބިލިއަން ރުފިޔާއިން 3.4 ބިލިއަން ރުފިޔާއަށް މައްޗަށް ގޮސްފައިވެ އެވެ. އަދި ބިމާއި އިމާރާތްތަކަށް ކުރެވުނު ޚަރަދު އިތުރުވެ 1.1 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ފާލަމާއި ބަނދަރުތަކަށް ކުރެވުނު ޚަރަދު މިލިއަން ރުފިޔާއަށް، އަދި އެހެނިހެން އުމްރާނީ ވަސީލަތްތަކަށް ކުރެވުނު ޚަރަދު 791.2 މިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. ކެޕިޓަލް އިކުއިޕްމަންޓަށް ކުރެވުނު ޚަރަދުވެސް އިތުރުވެ 416.8 މިލިއަން ރުފިޔާއަށް އަރާފައިވާކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
.png&w=3840&q=75)
.jpeg&w=3840&q=75)
