logo

އެނާޖީ ސެކިއުރިޓީ ޕްރޮޖެކްޓަށް އޭޑީބީން 50 މިލިއަން ޑޮލަރުގެ ލޯނެއް ދީފި

ސައިފުﷲ އަލީ

16 އޯގަސްޓު 2026 - 14:51
އެނާޖީ ސެކިއުރިޓީ ޕްރޮޖެކްޓަށް އޭޑީބީން 50 މިލިއަން ޑޮލަރުގެ ލޯނެއް ދީފި

SHARE

އެނާޖީ ސެކިއުރިޓީ އިމަޖެންސީ އެސިސްޓެންސް ޕްރޮޖެކްޓް ހިންގުމަށްޓަކައި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ދިވެހި ސަރުކާރާ ދެމެދު 50 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް މިނިސްޓަރު ހަސަން ޒަރީރެވެ. އަދި މި ޕްރޮޖެކްޓުގެ އެގްރީމަންޓުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ޝިމާދު އިބްރާހީމެވެ.

އޭޑީބީގެ ފަރާތުން މި ދެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ބޭންކުގެ ރީޖަނަލް ހެޑް އޮފް ރީޖަނަލް ކޯޕަރޭޝަން އެންޑް އިންޓިގްރޭޝަން ޔުނިޓް، ޑރ. ތިއަމް ހީ އަންގް އެވެ. މި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓްރީ އާއި އެސްޓީއޯ އަދި އޭޑީބީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ މެދުއިރުމަތީގެ މަޝްރަހަށް އަންނަ ބަދަލުތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ލިބޭ ލުޔެއްގެ ގޮތުން، ތެލަށް ކުރަންޖެހޭ ހޭދައަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

މިއީ މަލްޓިލެޓަރަލް ފައިނޭންޝަލް އިދާރާތަކުން ކޮންސެޝަނަލް އުސޫލުން ފައިނޭންސް ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހަމަޖެހުނު ފެސިލިޓީއެއް ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ. އަދި މިފަދަ ކޮންސެޝަނަލް ފެސިލިޓީތަކުގެ ސަބަބުން ސަރުކާރުގެ ދަރަނި ދެމެހެއްޓެނިވި މިންގަނޑެއްގައި ހިފެހެއްޓުމަށް އެހީތެރިވެދޭނެ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d