logo

މާއޮއިސްޓް ހަނގުރާމަވެރިންގެ ހަނގުރާމަތައް ހުއްޓުވުނު ނަމަވެސް އެ ފިކުރުގެ ގުރޫޕުތައް ހަރަކާތްތެރިވޭ: މޯދީ

ފާތިމަތު މިޝްކާ

16 އޯގަސްޓު 2026 - 08:50
މާއޮއިސްޓް ހަނގުރާމަވެރިންގެ ހަނގުރާމަތައް ހުއްޓުވުނު ނަމަވެސް އެ ފިކުރުގެ ގުރޫޕުތައް ހަރަކާތްތެރިވޭ: މޯދީ

އިންޑިޔާގެ މިނިވަން ދުވަހާއި ގުޅިގެން ބޭއްވި ޖަލްސާގައި މޯދީ ވާހަކަދައްކަވަނީ

SHARE

އިންޑިއާގައި އެތައް އަހަރެއް ވަންދެން ހިނގަމުންދިޔަ މާއޮއިސްޓް ހަނގުރާމަވެރިންގެ ހަރަކާތްތައް އެގައުމުން ގާތްގަނޑަކަށް ނައްތާލާފައިވާ ކަމަށާއި އެހެންނަމަވެސް އެކަމުގެ ފިކުރު ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ. ނަމަވެސް، އެ ހަރަކާތުގެ ފިކުރީ މަދަދުގާރުންގެ ފަރާތުން އަދިވެސް ނުރައްކާ އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އިންޑިއާގެ މިނިވަންދުވަހުގެ މުނާސަބަތުގައި ވާހަކަދައްކަވަމުން މޯދީ ވިދާޅުވީ، އިންޑިއާގެ މެދުތެރެއާއި އިރުމަތީގެ ބޮޑު ސަރަހައްދެއްގައި ދައުލަތުގެ ބާރުތަކާ ދެކޮޅަށް ހަރަކާތްތެރިވަމުންދިޔަ ހަތިޔާރު އެޅި "ނަކްސަލް" ޖަމާއަތްތައް ނައްތާލުމުގައި ކާމިޔާބީ ހޯދިފައިވާ ކަމަށެވެ.

އެހެންނަމަވެސް، ފިކުރީ ގޮތުން އެ ހަރަކާތަށް ތާއީދުކުރާ ގުރޫޕްތަކުން ހަމަނުޖެހުން އުފެއްދުމަށް މަސައްކަތް ކުރަމުންދާ ކަމަށް މޯދީ ވިދާޅުވި އެވެ. އެފަދަ ފަރާތްތައް މޯދީ ސިފަކުރެއްވީ ސިކުނޑީގެ ނަކްސަލުން ނުވަތަ ހިންދީ ބަހުން ނަމަ "ދިމާގީ ނަކްސަލްސް"ގެ ގޮތުގަ އެވެ.

އެފަދަ މީހުން ދެނެގަނެ، މުޖުތަމައުން އެކަހެރިކުރަން ޖެހޭ ކަމަށް މޯދީ ވިދާޅުވިއެވެ.

އިންޑިއާގެ ނަކްސަލައިޓް ހަރަކާތަކީ 1967 ވަނަ އަހަރު އިންޑިއާގެ އިރުމަތީ އަވަށެއް ކަމަށްވާ ނަކްސަލްބާރީން ފެށުނު ހަރަކާތެކެވެ. އެ ހަރަކާތް ފުރަތަމަ ފެށިގެން އައިސްފައިވަނީ ބިންތައް ގެއްލިފައިވާ ދަނޑުވެރިންނާއި، ފަގީރުން އަދި އެ ގައުމުގެ އަސްލު ވަޒަންވެރިންގެ ހައްގުތަކަށް ވަކާލާތުކުރާ ހަރަކާތެއްގެ ގޮތުގައި ކަމަށް މީޑިޔާތަކުން ރިޕޯޓު ކުރެ އެވެ.

އެހެންނަމަވެސް، ފަހުން އެ ހަރަކާތް ހަތިޔާރު އެޅި ބޮޑު ހަނގުރާމައަކަށް ބަދަލުވެ އެތައް އަހަރުތަކެއް ވަންދެން އެ ގޮތުގައި ކުރިއަށް ގެންގޮސްފައިވާކަމަށް މީޑިޔާތަކުން ރިޕޯޓު ކުރެ އެވެ. އަދި މި ހަނގުރާމަތަކާއި ކުރިމަތިލުންތަކުގައި އާންމުންނާއި، ހަނގުރާމަވެރިން އަދި ސަލާމަތީ ބާރުތަކުގެ މީހުން ހިމެނޭހެން އެތައް ހާސް ބަޔަކު މަރުވެފައިވެ އެވެ.

މޯދީ ވިދާޅުވި ގޮތުގައި މާއޮއިސްޓް ހަރަކާތުގެ ސަބަބުން ޒުވާން އެތައް ޖީލެއްގެ މުސްތަގުބަލު ވަނީ ބަނަވެފައެވެ. 2014 ވަނަ އަހަރު އެ ސަރުކާރު އައި ފަހުން ގެންގުޅުނު ސަލާމަތީ އަދި ތަރައްގީގެ ސިޔާސަތުތަކުގެ ސަބަބުން މިފަދަ ހަމަނުޖެހުންތައް ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށް މޯދީ ވިދާޅުވިއެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d