logo

ވިލިމާލޭގެ ގޮނޑުދޮށް ހިމާޔަތްކުރުމާއި ޑިންގީ ޖެޓީ ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި

ސައިފުﷲ އަލީ

16 އޯގަސްޓު 2026 - 15:35
ވިލިމާލޭގެ ގޮނޑުދޮށް ހިމާޔަތްކުރުމާއި ޑިންގީ ޖެޓީ ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި

SHARE

ވިލިމާލޭގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއާއި ޑިންގީ ޖެޓީ ބަނދަރު ހެދުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާއާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ދެމެދު ސޮއިކޮށްފިއެވެ

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މި އެއްބަސްވުންތަކުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއީލް ހަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ (ރިޓަޔާޑް) އަހުމަދު ސައުދީއެވެ.

ވިލިމާލޭގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 180 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫއުގެ ދަށުން 1.1 ހެކްޓަރުގެ ސަރަހައްދެއްގެ ގޮނޑުދޮށަށް ވެލިއެޅުމާއި 150 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުން ހިމެނެއެވެ.

މީގެ އިތުރުން 181 މީޓަރުގެ ބޮޑުހިލައިގެ ސަބްމާޖްޑް ބްރޭކްވޯޓާ ޖެހުމާއި، ކުރިން ހަދާފައިވާ ބްރޭކްވޯޓާގެ ތެރެއިން 60 މީޓަރުގެ ސަރަހައްދެއް ނެގުމުގެ މަސައްކަތް މި މަޝްރޫއުގެ ތެރޭގައި ކުރިއަށްދާނެއެވެ.

ވިލިމާލޭގެ ޑިންގީ ޖެޓީ ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 150 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. މި މަޝްރޫއުގެ ދަށުން 3,698 ކިއުބިކް މީޓަރުގެ ވެލި ބަނދަރު ތެރެ އަދި ނެރު ފުންކުރުމާއި، ރޭމްޕާއި ސިޑި ހިމެނޭހެން 74 މީޓަރުގެ އެއްގަމު ވާޓަރު ގާއިމުކުރުން ހިމެނެއެވެ.

އަދި 3 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓާއި 24 މީޓަރުގެ ބޮޑުހިލައިގެ ބްރޭކްވޯޓާ ޖެހުމުގެ އިތުރުން 74 މީޓަރު ދިގު، 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d