ސާފުތާހިރުކަން ކުޑަކޮށް ވިލިމާލޭގައި ވަޅޯމަސް ތައްޔާރުކުރި ބަޔަކު ހުއްޓުވައިފި
އައިޝަތު ހިދާޔާ

SHARE
ވިލިމާލެ އިންޑަސްޓްރިއަލް ޒޯން ސަރަހައްދުގައި ސާފްތާހިރުކަން ކުޑަކޮށް ވަލޯމަސް ތައްޔާރުކުރި ބަޔަކު މާލޭ ސިޓީ ކައުންސިލުން ހުއްޓުވައިފިއެވެ.

ސިޓީ ކައުންސިލުން ބުނީ މިކަން ފާހަގަވީ, ވިލިމާލެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުގެ މުވައްޒަފުން ރަށުތެރެ ޕެޓްރޯލްކޮށް ބަލަހައްޓަން އުޅުމުގެ ތެރޭގައި ކަމަށެވެ. ސާފުތާހިރުކަން ކުޑަކޮށް ބިންމަތީ ސަތަރި އަޅައިގެނ ް ސަތަރިގަނޑު މަތީގައި ވަޅޯމަސް ހިއްކުމުގެ މަސައްކަތް ކުރަނީ ވިލިމާލެ އިންޑަސްޓްރިއަލް ޒޯން ސަރަހައްދުގައެވެ.
މިކަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އަށް ރަސްމީކޮށް ހުށަހެޅިކަން ސިޓީ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ. އަދި އެމްއެފްޑީއޭ އާއި ވިލިމާލެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓް ގުޅިގެން ވިލިމާލޭގެ އިންޑަސްޓްރިއަލް ޒޯނު ސަރަހައްދުގައި މިހެން ހުރި ތަންތަން މިއަދު އިންސްޕެކްޓްކުރުމަށްފަހު މިކަން އިސްލާހު ކުރުމަށް އެފަރާތްތަކަށް އަންގާފައި ވާކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.
ސާފުތާހިރުކަން ކުޑަކޮށް ކާބޯތަކެތި ތައްޔާރުކޮށް ގެންގުޅުމަކީ މަނާކަމެއްކަމުގައި ވާތީ، ވިލިމާލޭގެ އިންޑަސްޓްރިއަލް ޒޯން ސަރަހައްދުގައި ވަޅޯމަސް ތައްޔާރުކުރާ ފަރާތް މިކަން މިގޮތަށް ނުކުރުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.
.jpeg&w=3840&q=75)

