logo

އެމެރިކާ ބޯޓުން ވެސް ހުވަދޫ ކަނޑުގެ ސަރަހައްދު ބަލައިފި, ގެއްލުނު މީހުން ކަނޑުމަތިން ފެނުމުގެ ފުރުސަތު ކުޑަ: އެމްއެންޑީއެފް

އައިޝަތު ހިދާޔާ

17 އޯގަސްޓު 2026 - 06:04
އެމެރިކާ ބޯޓުން ވެސް ހުވަދޫ ކަނޑުގެ ސަރަހައްދު ބަލައިފި, ގެއްލުނު މީހުން ކަނޑުމަތިން ފެނުމުގެ ފުރުސަތު ކުޑަ: އެމްއެންޑީއެފް

SHARE

ހުވަދޫ ކަނޑަށް އަޑިއަށްދިޔަ "ފްރެންޑް 4" ސަޕްލައި ދޯނިން ގެއްލުނު ތިން މީހުން ހޯދުމަށް އެމެރިކާ އެހީއާއެކު އެ ސަރަހައްދު ބަލައިފައިވާކަމަށާއި ގެއްލުނު މީހުން ކަނޑުމަތިން ފެނުމުގެ ފުރުސަތު ކުޑަކަމަށް އެމްއެންޑީއެފުން މިއަދު ބުނެފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މިފަދަ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކަސް ހާއްސަ އެމެރިކާގެމަތިންދާބޯޓު ޕީ 8 މި އޮޕަރޭޝަންގައި ބޭނުންކުރަން ފެށީ އިއްޔެއެވެ. މިކަމާ ގުޅިގެން އެމްއެންޑީއެފުން ބުނީ ވައިގެ މަގުންނާއި ކަނޑު މަގުން މުޅި ހުވަދޫ ކަނޑު ބަލައި ނިންމާފައި ވާކަމަށެވެ. އަދި އޮޔާހިނގާދާނެ ކަމަށް ބަލައި، ވަޔާއި ކަނޑުގެ އޮއިވަރަށް ބަލައިގެން އެ މިސްރާބުން ވެސް ހުވަދޫ ކަނޑާއި، ހައްދުންމަތި އަތޮޅުގެ އެ ބިތުގެ ފަރުތަކާއި، ހުވަދުއަތޮޅު އުތުރުބުރީގެ އެ ބިތުގެ ފަރުތައް ވެސް ބަލާފައި ވާކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމެރިކާގެ މި އުޅަނދު ބޭނުންކޮށްގެން ވެސް މިއަދު 6300 އަކަނޯޓިކަލް މޭލުގެ ސަރަޙައްދެއް ބަލައި، މުޅި ހުވަދޫ ކަނޑުގެ ސަރަޙައްދު އެއްކޮށް ބަލާފައިވާކަން އެމްއެންޑީއެފުން ފާހަގަކުރިއެވެ.

"ދޯނި ވަރަށް ކުއްލިގޮތެއްގައި ބަންޑުންޖަހާލައި އަޑިޔަށް ގޮސްފައިވަނީ ހުވަދޫ ފުން ކަނޑުގެ ތެރެއަށެވެ. އެހެންކަމުން، މިހާތަނަށް ކުރެވުނު މަސައްކަތްތަކާއި އަދި ދޯނިން ސަލާމަތްވި މީހުންގެ ފަރާތުން ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު މި ދޯނިން ގެއްލިފައިވާ މީހުން ކަނޑުމަތިން ފެނުމުގެ ފުރުސަތު ކުޑައެވެ," އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ, ހުވަދޫ ކަނޑަށް މި ދޯނި ފެތިފައިވާ ސަރަޙައްދު 1600 މީޓަރަށް ވުރެ ފުންވާނެކަމަށް ބެލެވޭކަމަށެވެ. މިއީ އިންސާނުންނަށް ޑައިވިން ކޮށްގެންދެވޭ ފުންމިނެއް ނޫންކަމަށާއި އަދި މިއީ ބޭރު ގައުމުތަކުގެ ކަނޑުގެ އަސްކަރިއްޔާގައި ބޭނުންކުރާ ހަނގުރާމައިގެ ކޮންވެންޝަނަލް އަދި ނިޔުކްލިޔށ ސަބްމެރިން ވެސް އޮޕަރޭޓްކުރާ ފުންމިނެއް ނޫންކަމަށެވެ.

މި ހާދިސާ ހިނގިތާ މިއަދަށް ވަނީ 11 ދުވަސް ވެފައެވެ. މި ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމަށް ޓަކައި 16 އޮގަސްޓްވަނަ ދުވަހުގެ 18:00 ގެ ނިޔަލަށް ވައިގެ މަގުން 17,220 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައި ވާއިރު ކަނޑުމަގުން 2790.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާފައެވެ. އަދި އެ ސަރަހައްދުގެ ގޮނޑުދޮށްތަކާއި ފަރުތައް ހިމެނޭހެން 288 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާފައެވެ.

މި ހާދިސާގައި ގެއްލުނީ:

  1. ދޯނީގެ ކައްޕި ތ. މަޑިފުށީ މުހައްމަދު ހަމްދޫން (35 އަހަރު)
  2. މީހުން ސަލާމަތްކުރުމަށް ދިޔަ ޕޮލިސް ސާޖަންޓް އަލީ ނާފިއު (33 އަހަރު)
  3. އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހިމް އަހުމަދު (39 އަހަރު)

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d