މަޖިލިސް ޖަލްސާއެއް ކުރިއަށް ދަނިކޮށް ތަޅުމުން ކަރަންޓު ކެނޑިއްޖެ
އައިޝަތު ހިދާޔާ

SHARE
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ދަނިކޮށް ތަޅުމުން ކަރަންޓު ކެނޑުމުން ޖަލްސާ މެދުކަނޑައިލައިފިއެވެ.

ތަޅުމުން ކަރަންޓު ކެނޑިފައި ވަނީ މަޖިލިސް ލައިވްކުރަމުން ދަނިކޮށެވެ. ކަރަންޓު ކެނޑޭ މަންޒަރު ލައިވްއިން ފެންނައިރު, މަޖިލިސް މެދުކަނޑާލީ ކަރަންޓު ކެނޑުނުތާ ކުޑަ ވަގުތުކޮޅެއް ފަހުންނެވެ. މަޖިލިސް މެދުކަނޑައިލީ ކަރަންޓު ދިއުމުގެ ސަބަބުންކަން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް (ކުޑޫ)ވެސް ވަނީ މި ނޫހަށް ކަށަވަރުކޮށްދެއްވާފައެވެ.
މަޖިލިސް އިދާރާ ކައިރީ އެހެން ތަންތަނުން ކަރަންޓު ނުދާކަން މި ނޫހަށް އެނގިފައިވާއިރު, ތަޅުމުން ކަރަންޓު ކެނޑުނު ސަބަބު އަދި ސާފެއް ނުވެއެވެ.
މަޖިލީހުގައި އެވަގުތު ދިޔައީ ގަރާރަކަށް ބަހުސް ކުރަމުންނެވެ. އެއީ "މޯލްޑިވްސް ޕާލް ރެޒިޑެންސް ޕްރޮގްރާމް" ހުއްޓައިލުމަށް ހުށަހަޅާފައިވާ ގަރާރުގެ ބަހުސެވެ. ތަޅުމުން ކަރަންޓު ދިޔައީ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވާހަކަ ދައްކަވަނިކޮށެވެ.
މިއަދުގެ އެޖެންޑާގައި ހުރި ގިނަ ކަންކަން އަދި އޮތީ ނުނިމިއެވެ.
އެހެންކަމުން މިއަދުގެ މަޖިލިސް ޖަލްސާ ދެން ފަށާނީ 13:00ގައި ކަން މަޖިލިސް ިއދާރާއިން މެމްބަރުންނަށް ވަނީ އަންގައިފައެވެ.


