logo

ރައީސް މޭޔަރުކަމުގައި ހުންނެވިއިރު ބޭއްވި ބައްދަލުވުންތަކުގެ ހަރަދަށް ވުރެ މިހާރު ހަރަދު ކުޑަ: އާޒިމް

މިންހާ އަބްދުالله

18 އޯގަސްޓު 2026 - 09:45
ރައީސް މޭޔަރުކަމުގައި ހުންނެވިއިރު  ބޭއްވި ބައްދަލުވުންތަކުގެ ހަރަދަށް ވުރެ މިހާރު ހަރަދު ކުޑަ: އާޒިމް

މާލޭގެ އާ މޭޔަރު އާދަމް އާޒިމް -- ނުކުތާ ފޮޓޯ: ޒައިން އިބްރާހިމް

SHARE

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މޭޔަރުކަމުގައި ހުންނެވިއިރު ބޭއްވި ރައްޔިތުންގެ ބައްދަލުވުންތަކަށް ކުރެއްވި ހަރަދަށް ވުރެ މިހާރު ބައްދަލުވުންތަކަށް ކުރާ ހަރަދު ކުޑަ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އަލަށް އިންތިހާބުވި މާލެ ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުންތަކަށް ބޮޑެތި އަދަދުތަކެއް ހަރަދުކޮށްފައިވާ ކަމަށް ބުނެ މާލެ ސިޓީ ކައުންސިލަށް އަމާޒުކޮށް ބޮޑެތި ތުހުމަތުތަކެއް ގިނަ ބަޔަކު އަންނަނީ ކުރަމުންނެވެ.

އެކަމަށް ރައްދު ދެއްވައި އާޒިމް ވިދާޅުވީ ބައެއް އޮންލައިން ނޫސްތަކާއި ސޯޝަލް މީޑިއާގައި ރައްޔިތުންގެ ބައްދަލުވުމުގެ ޚަރަދުތަކާ ގުޅުވައިގެން ފަތުރަމުންދާ ޚަބަރުތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

މިހާރު ރައީސް މޭޔަރުކަމުގައި ހުންނެވިއިރު ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައިވަނީ މާ ހަރަދުބޮޑުކޮށް ކަމަށާއި 2023 ވަނަ އަހަރު އެކަނި ވެސް ޖުމްލަ 2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ.

"2023 ގައި ރައްޔިތުންގެ ބައްދަލުވުމަށް 2،050،520.00ރ ޚަރަދު ކޮށްފައިވޭ، ޚަރަދު ކުޑަކުރުމަށް އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު މިހާރު މި ޚަރަދު ވަނީ ވަރަށް ބޮޑަށް ކުޑަކުރެވިފައި އެގޮތުން 2026 ގެ ފެބުރުއަރީ ބައްދަލުވުމަށް 567,839.34ރ އަދި ޖުލައި ބައްދަލުވުމަށް ޚަރަދުވީ 585,137.34ރ. މި ދެ ބައްދަލުވުމުގެ ޚަރަދުވެސް ވަނީ ކުރިއަށްވުރެ ކުޑަކުރެވިފައި،" އާޒިމް ވިދާޅުވި އެވެ.

އެހެން ނަމަވެސް ބައެއް ނޫސްތަކުން ޒިންމާދާރުކަމެއް ނެތި ސުރުޚީ އަޅާފައިވަނީ މުޅި އަހަރުގެ ޚަރަދު އެއީ އެންމެ ބައްދަލުވުމެއްގެ ޚަރަދުކަމަށް ދޭހަވާ ގޮތަށްކަމަށް އާޒިމް ވިދާޅުވި އެވެ.

އާޒިމް މިހެން ވިދާޅުވި ނަމަވެސް އާދައިގެ ރައްޔިތުންގެ ބައްދަލުވުމަކަށް މި މިންވަތަށް ހަރަދު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ގިނަ ބަޔަކު އަންނަނީ ފާހަގަކުރަމުންނެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d