logo

ޕެންޝަން އޮފީހުގެ ސީއީއޯއަކަށް ޔަޒްމީދު

އައިޝަތު ހިދާޔާ

20 އޯގަސްޓު 2026 - 06:24
ޕެންޝަން އޮފީހުގެ ސީއީއޯއަކަށް ޔަޒްމީދު

SHARE

ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް ޔަޒްމީދު މުހައްމަދު އައްޔަންކޮށްފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މީގެކުރިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނައިބު ރައީސްކަން ކުރެއްވާފައިވާ ޔަޒްމީދު މި މަގާމަށް އައްޔަންކުރުމާއެކު ޕެންޝަން އޮފީހުން މިއަދު ވަނީ މަރުހަބާކިޔުމުގެ ގޮތުން ޕޯސްޓެއް ކޮށްފައެވެ. އެ އޮފީހުން ބުނި ގޮތުގައި އޭނާ މަސައްކަތްކުރަން ފައްޓަވާނީ އަންނަ އާދިއްޔަ ދުވަހުނެ ފެށިގެންނެވެ.

ޔަޒްމީދު މި މަޤާމަށް އައްޔަނުކޮށްފައިވަނީ، ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ.

ޔަޒްމީދު އަކީ ދައުލަތުގެ އެކިއެކި އިދާރާތަކުގައާއި ޕްރައިވެޓް ސެކްޓާގެ އިސް މަގާމުތަކުގައި 20 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާ، ގަވަރނަންސް އާއި، އޮޑިޓިންގ އާއި، އެންޓި ކޮރަޕްޝަން އާއި، އެކައުންޓިން އާއި، ފައިނޭންސް އާއި، ހިންގުމުގެ ދާއިރާއިން ގިނަގުނަ ތަޖުރިބާ ލިބިވަޑައިގެންފައިވާ ފަންނީ ބޭފުޅެއްކަން ޕެންޝަން އޮފީހުން ފާހަގަކުރެއެވެ.

ޔަޒްމީދު ފުރުއްވާފައިވާ އިސް މަގާމުތަކުގެ ތެރޭގައި، ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ނާއިބު ރައީސް ކަމާއި، އެންޓި ކޮރަޕްޝަން ކޮމިޝަނުގެ މެމްބަރު ކަމާއި، އޮޑިޓާ ޖެނެރަލްގެ އޮފީހުގެ އޮޑިޓް މެނޭޖަރުކަން ފާހަގަކުރެވެއެވެ.

ޖޭއެސްސީގެ ނައިބު ރައީސްކަމުން ޔަޒްމީދު އިސްތިއުފާ ދެއްވީ މިދިޔަ މޭ މަހުގެ 18 ވަނަ ދުވަހުއެވެ. ޖޭއެސްސީއަށް ޔަޒްމީދު އައްޔަންކުރެއްވީ ރައީސްގެ ފަރާތްޕުޅުން އެ ކޮމިޝަންގައި އިންނަވާ މެންބަރެއްގެ ގޮތުގައެވެ.

ޔަޒްމީދު، އެ މަގާމަށް އިންތިޚާބުކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 23ވަނަ ދުވަހުއެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d