logo

މާލޭ ގެއެއްގައި ގޭސްފުޅިއެއް ގޮވައި ދެ މީހެއްގެ ހާލު ސީރިއަސް

މިރާޝް މޫސާ

24 އޯގަސްޓު 2026 - 03:47
މާލޭ ގެއެއްގައި ގޭސްފުޅިއެއް ގޮވައި ދެ މީހެއްގެ ހާލު ސީރިއަސް

ދޫގަސްގޭގައި ރޯވި އަލިފާންގަނޑު ނިއްވާލާ، މީހުން ސަލާމަތް ކުރުމަށް ފުލުހުންނާއި ސިފައިންގ ހަރަކާތްތެރިވަނީ

SHARE

މާލޭގެ މާވެޔޮމަގުގައި ހުންނަ ގ. ދޫގަސްގޭގައި ގޭސްފުޅިއެއް ގޮވައި، ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ފުލުހުން ބުނީ އެ ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު ފަތިހު 05:27 ގައި ކަމަށެވެ.

މި ހާދިސާގައި ހާލު ސީރިއަސްވި ދެ މީހުންގެ އިތުރުން ވެސް ދެ މީހަކަށް ވަނީ އަނިޔާވެފައެވެ. އެ އެންމެންނަށް ވެސް އައިޖީއެމްއެޗްގައި ފަރުވާދެމުން ދާކަމަށް ފުލުހުން ބުންޏެވެ.

އަނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ދެ މީހަކާއި އިންޑިއާ ދެ މީހުންނެވެ.

ފުލުހުން ބުނީ އެ ގޭގައި ރޯވި އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި މި ހާދިސާގައި ގޭގެ އިމާރާތަށް ވެސް ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފައެވެ. އެގޮތުން، ގޭގެ ފާރު ވެއްޓުމުގެ ސަބަބުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި އުޅުނު ބައެއް ފުލުހުން ވަނީ އިމާރާތުގައި ތާށިވެފައެވެ.

ސިފައިން އާއި އެ މީހުން ވަނީ ފަހުން ސަލާމަތްކޮށްފައެވެ.

ފުލުހުން ބުނީ އަލިފާނުގެ ހާދިސާގެ ތަހުގީގު ކުރިއަށް ދާ ކަމަށެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d