29 ފުޅި ބަނގުރަލާއެކު އަނެއްކާ ވެސް ދެ ބިދޭސީން ހައްޔަރުކޮށްފި
އައިޝަތު ހިދާޔާ

SHARE
ފުލުހުންގެ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި، ހުޅުމާލެ ސްޕެޝަލް އެންފޯސްމެންޓް ގުޅިގެން ހިންގި އޮޕަރޭޝަންގައި ހުޅުމާލެ ފުރަތަމަ ފިޔަވަހިން 29 ފުޅި ބަނގުރަލާއެކު ދެ ބިދޭސީން ހައްޔަރުކޮސްފިއެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ އިއްޔެއެވެ. އެ އޮޕަރޭޝަންގައި ހުޅުމާލެ ކޮރަލް ސީ9 ކައިރިން ހައްޔަރުކޮށްފައި ވަނީ, ބަންގްލަދޭޝަށް ނިސްބަތްވާ 22 އަހަރުގެ ތުޝާރު ގާޒީ އާއި، 30 އަހަރުގެ ނޮބީ ނޫރެވެ.
" އެ މީހުން ދިރިއުޅޭތަން ބަލައިފާސްކުރިއިރު 29 ފުޅި ބަނގުރާ ފެނިފައިވެއެވެ. އެ ދެމީހުންނަކީ ވެސް ބަންގްލަދޭޝް މީހުންނެވެ" ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
މީގެކުރިން ވެސް ބަނގުރަލާއެކު ގިނަ ބިދޭސީން ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.


