logo

ބޭރު ފައިސާއާގުޅޭ ހޮޓްލައިންއަށް 65 މައްސަލައެއް, ބިދޭސީއަކު ޑީޕޯޓުކުރަނީ

އައިޝަތު ހިދާޔާ

9 ސެޕްޓެމްބަރު 2026 - 05:51
ބޭރު ފައިސާއާގުޅޭ ހޮޓްލައިންއަށް 65 މައްސަލައެއް, ބިދޭސީއަކު ޑީޕޯޓުކުރަނީ

ފުލުހުންގެ މައި އިދާރާ

SHARE

ރާއްޖޭގައި ގަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ގާއިމްކޮށްފައިވާ ހޮޓްލައިނަށް ޓާސްކްފޯސްގެ މަސައްކަތްތަކާ ގުޅުންހުރި 65 މެސެޖެއް ލިބިފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މި ހޮޓްލައިނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ އަދާހަމަ ހިއްސާކުރަމުން ފުލުހުން ބުނީ, މީގެތެރޭގައި ހިމެނެނީ:

  1. 27 ބިދޭސީއެއްގެ މައުލޫމާތާއި
  2. ހުއްދަނެތި ބޭރުފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ 18 ތަނަކާއި
  3. ގަވާއިދާ ޚިލާފަށް ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރި ކުރި ހަތަރު ތަނެއްގެ އިތުރުން
  4. އޮންލައިންކޮށް މިފަދަ މުއަމަލާތްތައް ހިންގަ 16 ޕްލެޓްފޯމެއް ކަމަށެވެ.

މި މައުލުމާތާ ގުޅިގެން ފިވަޔަޅުތަކެއް އަޅާފައިވާކަން ފާހަގަކޮށް ފުލުހުން ބުނީ, މި މައްސަލައިގައި ބިދޭސީއަކު ޑީޕޯޓުކުރުމަށް މިހާރު އިމިގްރޭޝަނާ ހަވާލުކޮށްފައި ވަނެކަމަށެވެ. އަދި ރިޕޯޓު ލިބިފައިވާ އެހެން ފަރާތްތަކުގެ މައުލޫމާތު ކަށަވަރުކޮށް, ގާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން މަސައްކަޔް ކުރަމުން ދާކަމަށް ފުލުހުން ބުންޏެވެ.

View post on Twitter

އާންމު މަސްލަހަތާ ގުޅުންހުރި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d