logo

އައްޑޫގައި ފުލުހުންނަށް ހާއްސަކޮށްގެން 40 މީހުންގެ ޖާގައިގެ އެކޮމޮޑޭޝަން އިމާރާތެއް

ފާތިމަތު މިޝްކާ

8 ސެޕްޓެމްބަރު 2026 - 07:31
އައްޑޫގައި ފުލުހުންނަށް ހާއްސަކޮށްގެން 40 މީހުންގެ ޖާގައިގެ އެކޮމޮޑޭޝަން އިމާރާތެއް

SHARE

އައްޑޫ ސިޓީ ހިތަދޫގައި އަލަށް އިމާރާތްކުރި ޕޮލިސް އެކޮމޮޑޭޝަން ބިލްޑިން ރަސްމީކޮށް ހުޅުވައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މިއީ ދެކުނުގެ ސަރަހައްދުގައި މަސައްކަތްކުރާ ފުލުހުންގެ އެކޮމޮޑޭޝަނާއި އިދާރީ ވަސީލަތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން އިމާރާތްކުރި ތަނެކެވެ. މިއީ ތިން ފަންގިފިލާގެ 40 މީހުންގެ ޖާގައިގެ އެކޮމޮޑޭޝަން ބިލްޑިން އެކެވެ.

މި މަޝްރޫއަކީ އައްޑޫ ސިޓީއާއި ދެކުނުގެ ސަރަހައްދުގައި ހިދުމަތްކުރާ ފުލުހުންގެ ދިރިއުޅުމުގެ ހާލަތާއި މަސައްކަތުގެ މާހައުލު އިތުރަށް ރަނގަޅުކުރުމުގެ ބޭނުމުގައި ހިންގުނު މަޝްރޫއެއްކަމަށް ދާހިލީ ސަލާމަތާއި ބެހޭ ވުޒާރާއިން ހާމަކޮށްފައިވެ އެވެ.

މި އިމާރާތުގައި ރަނގަޅު ފެންވަރުގެ އެކޮމޮޑޭޝަން ވަސީލަތްތަކުގެ އިތުރުން، އިދާރީ އަދި އާންމު ހިދުމަތްތަކަށް ހާއްސަ ބައިތައް ވަނީ ހިމަނާފައެވެ. އެގޮތުން ކޮމާންޑަށް ބޭނުންވާ އޮފީސް ޖާގައާއި، ބައްދަލުވުންތަކަށް ހާއްސަ ކޮންފަރެންސް ރޫމަކާއި، ކޮމަން އޭރިއާތައް ހިމެނެއެވެ. މި އިމާރާތް ފުރިހަމަކޮށްފައިވަނީ ފުލުހުންނަށް ފަސޭހަކަމާއެކު ދިރިއުޅެވޭނެ ގޮތަށް ބޭނުންވާ އެންމެހައި ފަރުނީޗަރާއި އެހެނިހެން އަސާސީ ވަސީލަތްތަކާ އެކުގައެވެ.

މި މަޝްރޫއުގެ އާކިޓެކްޗަރަލް ޑިޒައިން 2022 ވަނަ އަހަރު ދިވެހި ފުލުހުންގެ ޚިދުމަތުގެ އިންފްރާސްޓްރަކްޗަރ އެންޑް ބިލްޑިންގ ޑިވެލޮޕްމަންޓް ޓީމުން ތައްޔާރުކޮށްފައިވާއިރު، މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2023 ޖަނަވަރީ 8 ގައެވެ. އަދި 2023 ޖަނަވަރީ 15 ގައި ސައިޓް ހަވާލުކޮށް، އަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ 2023 ފެބުރުވަރީ 14 ގައެވެ.

ހިތަދޫ ޕޮލިސް އެކޮމޮޑޭޝަން ބިލްޑިން ހުޅުވުމަކީ މާލެ ސަރަހައްދުން ބޭރުގައި މަސައްކަތްކުރާ ފުލުހުންގެ ދިރިއުޅުމާއި މަސައްކަތުގެ މާހައުލު ރަނގަޅުކޮށް، މުޅި ރާއްޖޭގައި ފުލުހުންގެ އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ވުޒާރާއިން ހާމަކުރެ އެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d